ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި 1,830,000 ސިނގިރޭޓު ސްޓިކްސް ނައްތާލައިފި އެވެ.
ކަސްޓަމްސް އިން އިއްޔެ ނައްތާލާފައިވަނީ ކަނޑުމަގުން ރާއްޖެ ގެނެސް ހިތަދޫ ޕޯޓުގައި ހުއްޓައި އަތުލައިގަތް ސިނގިރޭޓުތަކަކެވެ. އެ ޝިޕްމަންޓް އަތުލައިގަތީ އައްޑޫ ހިތަދޫ ކަސްޓަމްސް އިން ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސް އިން ބުނީ, އެ ތަކެތި ނައްތާލާފައިވަނީ ހިތަދޫ ޕޯޓް ލިމިޓެޑް ސަރަހައްދުގައެވެ.
ކަސްޓަމްސް އިން ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ނައްތާލައިފަ އެވެ.
