الوسم: ކްރިމިނަލް ކޯޓް

ޚަބަރު

ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި 

ފެނަކަ ކޯޕަރޭޝަންގައި ހިންގި ކޮރަޕްޝަން މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް އިއްވި ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. ކުރިމިނަލް ކޯޓުން ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 28 ގައެވެ. އެ ހުކުމް އިއްވީ އޭނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. އެ މައްސަލައަކީ 2018 އަހަރު […]

ޚަބަރު ކުއްލި ޙަބަރު

ވަގު ޓީޓީ މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް، އޭގެން މަންފާ ހޯދި ކަމަށް ތުހުމަތުކުރެވޭ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު (37އ)، 109 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ޝިފާއު ހައްޔަރުކުރީ 28 މާޗު 2023 ގައެވެ. ނަމަވެސް އެއް މަސް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ކޯޓުން އޭނާ ދޫކޮށްލި އެވެ. އޭނާ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން […]

ޚަބަރު

ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން! 

މީޑިއާތަކުގައި ހެޑްލައިން ހެދުމަށް ޝަރީއަތް ބޭނުންކުރުމުގެ ފުރުސަތު ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދަށް ނުދެވޭނެ ކަމަށް ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވެއްޖެއެވެ. މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަމްއާން ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި […]

ޚަބަރު

މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި/ ލިލީނައިޓް، މުހައްމަދު މައުސޫމް ނަމަކަށް ކިޔާ 22 އަހަރުގެ މީހެކެވެ. އޭނާގެ ހައްޔަރު ބަންދު ރެކޯޑެއް ނެތް ކަމަށް ބަންދު އަމުރުގައިވެ އެވެ. އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށެވެ. ނަމަވެސް އޭނާއަކީ ފުލުހެއް ކަމަށްވާތީ އާއި ގާނޫނު ނެގެހެއްޓުމަށް މަތީ ދަރަޖައަކަށް ޒިންމާ އޮތް ފަރާތަކަށްވާތީ، ޝަރީއަތްކުރުމާބެހޭ ޖިނާއީ […]

ޚަބަރު

ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި 

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފިއެވެ. ޕީޖީ އޮފީހުން މިރޭ ބުނީ 11 މީހަކަށް ދައުވާކުރުމަށް މިމަހުގެ ތިންވަނަ ދުވަހު ފުލުހުން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ދިހަ މީހަކަށް ދައުވާކުރުމަށް މިއަދު […]

ޚަބަރު

މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި ނޫން ކަމަށް

ސެލޫނަކަށް ވަދެ މާރާމާރީ ހިންގުނީ ނުނިދާ އެތައް ދުވަހެއް ވުމުން ކަމަށް އެ މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާ ކޯޓުގައި ބުނެފި އެވެ. މިދިޔަ ހުކުރު ދުވަހު ހިންގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ފުލުސް މީހާއަކީ ސ. ހިތަދޫ/ އަސަރީވިލާ, އަލީ މަނިކެވެ. އޭނާއަކީ އިސްކަންދަރު ކޮށީގައި ދިރިއުޅޭ ފުލުހެކެވެ. އޭނާއަށް ފުލުުހުން ތުހުމަތު ކުރަނީ މާލޭގެ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް […]

ޚަބަރު

އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖު ހަވާލުކުރަން އެންގީ ޒިންމާ އަދާކުރަން: އިހުސާން 

މޯލްޑިވްސް އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖެއް، ފުލުހުންނާ ހަވާލުކުރަން އެންގެވީ ޒިންމާ އަދާކުރެއްވުމުގެ ގޮތުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. އިހުސާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ، އިމިގްރޭޝަންގެ ތެރެއިން ހިންގި ހިޔާނާތެއްގެ މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކޮށްފައިވާ ފޭރުމުގެ ބައިވެރިވުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން އަދި މަނީ ލޯންޑަރިންގެ ދައުވާގައި، މިއަދު ކުރިމިނަލް ކޯޓުގައި އިމިގްރޭޝަންގެ މުވައްޒަފަކު ދީފައިވާ ހެކިބަހަކާ ގުޅިގެންނެވެ. […]

ޚަބަރު

ފީފާގެ ހުއްދައާ ނުލައި މައްސަލަ ބަލާ ކަމަށްބުނެ ބައްސާމް ހައިކޯޓަށް

ފީފާގެ ހުއްދަނެތިވެސް އެ އިދާރާގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ބެލޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. އެފްއޭއެމަށް ފީފާއިން ދޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ބައްސާމްގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އާއި ހިޔާނާތްތެރިވުމުގެ ދައުވާއެވެ. ބައްސާމްގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، އޭނާ މިހާރު ދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް […]

ޚަބަރު

ފެނަކައިން ކެމެރާ ހަރުކުރުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުތަކުގައި ކެމެރާ ހަރުކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފިއެވެ. އެ މައްސަލައިގައި ރަސްމީ ހައިސިއްޔަތުގެ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާކޮށްފައިވަނީ މ. ފެހިވިދުވަރުގެ، އިސްމާއިލް ޝަމްއޫނާއި، ޏ. ފުވައްމުލައް، ހޯދަޑު، މައިޒާން، މަރްޔަމް ދީނާ ސާލިހުގެ މައްޗަށެވެ. އެ މީހުންނަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. ރަސްމީ ހައިސިއްޔަތުގެ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް އެ މީހުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެއް […]