• Home  
  • ވަގު ޓީޓީ މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
- ޚަބަރު - ކުއްލި ޙަބަރު

ވަގު ޓީޓީ މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް، އޭގެން މަންފާ ހޯދި ކަމަށް ތުހުމަތުކުރެވޭ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު (37އ)، 109 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ޝިފާއު ހައްޔަރުކުރީ 28 މާޗު 2023 ގައެވެ. ނަމަވެސް އެއް މަސް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ކޯޓުން އޭނާ ދޫކޮށްލި އެވެ. އޭނާ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން […]

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް، އޭގެން މަންފާ ހޯދި ކަމަށް ތުހުމަތުކުރެވޭ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު (37އ)، 109 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ޝިފާއު ހައްޔަރުކުރީ 28 މާޗު 2023 ގައެވެ. ނަމަވެސް އެއް މަސް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ކޯޓުން އޭނާ ދޫކޮށްލި އެވެ. އޭނާ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިރު, ޝިފާއު ވަނީ ރާއްޖެއިން ބޭރަށް ގޮސް ފިލައިފައެވެ. އެހެންވެ ފުލުހުން އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ވެސް ނެރުނެވެ.

ފަހުން އޭނާ ރާއްޖެ އައުމުން ވަނީ ޕާސްޕޯޓް ހިފަހައްޓައިފައެވެ. ޕާސްޕޯޓް ދޫކޮށްލަން ޝިފާއު އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން އެ އަމުރެއް ނުދިނެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން ވަނީ 23 ދައުވާއެއް އުފުލައިފައެވެ. އެ ދައުވާތަކުގެ ތެރޭގައި ހިމެނެނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއެއް އަދި މަނީ ލޯންޑަރިންގެ ހަތް ދައުވާއެކެވެ. އެ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123,844.54 މިލިއަން ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރައެވެ.

މީގެ ކުރިން ކުރިމިނަލް ކޯޓުން ވަނީ އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައިފައެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލަތަކުގައި ޝިފާއުގެ މައްޗަށް މިއަދު އިއްވި އިއްވި ޖަލު ހުކުމްތައް އެއްކުރުމުން ޖުމްލަ 109 އަހަރުގެ ޖަލު ހުކުމެއް ޝިފާއު ތަންފީޒުކުރަން ޖެހެއެވެ.

ޝިފާއުގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ހަތް ދައުވާގެ އަދަބެއްގެ ގޮތުގައި އޭނާ 70 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި އިރު، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާގެ އަދަބެއްގެ ގޮތުގައި 30 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އަދި ސައްހަ ނޫން ލިޔުމެއް އުފެއްދިކަމުގެ ދައުވާގެ އަދަބެއްގެ ގޮތުގައި ޝިފާއު ނުވަ އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.

ޖަލު ހުކުމުގެ އިތުރުން ޝިފާއު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *