الوسم: މާރާމާރީ

ޚަބަރު

ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ދެބެއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ފުލުހުން މިރޭ ބުނީ ހުޅުމާލެ ހިޔާ އަށްވަނަ ޓަވަރު އެޕާޓްމަންޓެއްގައި އަޑުގަދަ ކުރާކަމަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ އެޕާޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެއިންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ތޫނު އެއްޗަކުން ހަމަލާދިނުމުގެ […]

ޚަބަރު

މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި/ ލިލީނައިޓް، މުހައްމަދު މައުސޫމް ނަމަކަށް ކިޔާ 22 އަހަރުގެ މީހެކެވެ. އޭނާގެ ހައްޔަރު ބަންދު ރެކޯޑެއް ނެތް ކަމަށް ބަންދު އަމުރުގައިވެ އެވެ. އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށެވެ. ނަމަވެސް އޭނާއަކީ ފުލުހެއް ކަމަށްވާތީ އާއި ގާނޫނު ނެގެހެއްޓުމަށް މަތީ ދަރަޖައަކަށް ޒިންމާ އޮތް ފަރާތަކަށްވާތީ، ޝަރީއަތްކުރުމާބެހޭ ޖިނާއީ […]

ޚަބަރު

64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ 30 ދުވަހަށް ބަންދު

އުމުރުން 64 އަހަރުގެ މީހަކަށް އިއްޔެ ވަޅިން ހަމަލާދިން 32 އަހަރުގެ އަންހެން މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އިއްޔެ ހެނދުނު 10:05 ހާއިރެވެ. ދެ ލޯބިވެރިންގެ ދެމެދުގައި ހިންގި އެ މާރާމާރީގައި 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާ […]

ޚަބަރު

64 އަހަރުގެ މީހަކަށް ޒުވާން ލޯބިވެރިޔާ ހަމަލާދީ ޒަހަމްކޮށްލައިފި 

އުމުރުން 64 އަހަރުގެ މީހަކަށް 32 އަހަރުގެ ލޯބިވެރިޔާ ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނީ މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިއަދު ހެނދުނު 10:05 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށާއި އެ ދެ މީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު […]

ޚަބަރު

މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި ނޫން ކަމަށް

ސެލޫނަކަށް ވަދެ މާރާމާރީ ހިންގުނީ ނުނިދާ އެތައް ދުވަހެއް ވުމުން ކަމަށް އެ މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާ ކޯޓުގައި ބުނެފި އެވެ. މިދިޔަ ހުކުރު ދުވަހު ހިންގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ފުލުސް މީހާއަކީ ސ. ހިތަދޫ/ އަސަރީވިލާ, އަލީ މަނިކެވެ. އޭނާއަކީ އިސްކަންދަރު ކޮށީގައި ދިރިއުޅޭ ފުލުހެކެވެ. އޭނާއަށް ފުލުުހުން ތުހުމަތު ކުރަނީ މާލޭގެ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް […]