• Home  
  • ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
- ޚަބަރު

ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި

ށ. ފުނަދޫން ފީވަކަށް އެކަނި ދަތުރުކުރަމުންދިޔަ އުމުރުން ދުވަސްވީ މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި އެވެ. ފުލުހުން މިއަދު ބުނީ, އުމުރުން 68 އަހަރުގެ އެ މީހާ ދަތުރުކުރަމުންދިޔަ ދޯނި ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު 11:50 ހާއިރު ލިބުމުން ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް އޭނާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ. ފުލުހުން […]

ށ. ފުނަދޫން ފީވަކަށް އެކަނި ދަތުރުކުރަމުންދިޔަ އުމުރުން ދުވަސްވީ މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ, އުމުރުން 68 އަހަރުގެ އެ މީހާ ދަތުރުކުރަމުންދިޔަ ދޯނި ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު 11:50 ހާއިރު ލިބުމުން ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް އޭނާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށެވެ.

އަދި އޭނާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.

ފުލުހުން ވަނީ އޭނާ ދަތުރުކުރި ދޯނީގެ ބައެއް ތަކެތި އޮޔާދަތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް އެދިފަ އެވެ.

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *