الوسم: ކަނޑުމަތީގެ ހާދިސާ

ޚަބަރު

ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ކ. ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް ބިދޭސީ ފިރިހެނަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ، ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:17 އެހާކަށްހާއިރު ކަމަށެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާއިރު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މަރުވެފައި އޮތް ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އޮޔާ ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން […]

ޚަބަރު

މަރުވެފައި އޮއްވައި ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ވެއްޓުނު ކަނޑަށް ވެއްޓުނު މީހެއް 

ކަނޑުމަތީ މަރުވެފައި އޮއްވައި އިއްޔެ ފެނުނު ބިދޭސީ މީހާއަކީ ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަނޑަށް ވެއްޓުނު މީހެއް ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން އިއްޔެ ބުނެފައިވާގޮތުގައި ގުޅިފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު އިއްޔެ މެންދުރުފަހު 1:21 ހާއިރު ވަނީ ލިބިފައެވެ. މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އޮއްވައި ފެނިފައިވަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ޗެންގް ޖިއާ (38އ) ކަމަށާއި އޭނާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ މެންދުރު […]

ޚަބަރު

ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި

ށ. ފުނަދޫން ފީވަކަށް އެކަނި ދަތުރުކުރަމުންދިޔަ އުމުރުން ދުވަސްވީ މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި އެވެ. ފުލުހުން މިއަދު ބުނީ, އުމުރުން 68 އަހަރުގެ އެ މީހާ ދަތުރުކުރަމުންދިޔަ ދޯނި ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު 11:50 ހާއިރު ލިބުމުން ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް އޭނާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ. ފުލުހުން […]