ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ފެނަކަ ކޯޕަރޭޝަންގައި ހިންގި ކޮރަޕްޝަން މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް އިއްވި ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. ކުރިމިނަލް ކޯޓުން ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 28 ގައެވެ. އެ ހުކުމް އިއްވީ އޭނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. އެ މައްސަލައަކީ 2018 އަހަރު […]

