ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުން މަނާ، ގްރޭޑު 11 އަދި 12ގެ ކުދިންގެ ފޯނު ލޮކަރަށް
އަންނަ ދިރާސީ އަހަރު ފެށޭއިރު، ގްރޭޑު 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ވެއްދުން މަނާވާނެ ކަމަށާއި ގްރޭޑު 11 އަދި 12ގެ ކުދިންގެ ފޯނުތައް ބާއްވަން ޖެހޭނީ ލޮކަރުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ރެހެންދި ސްކޫލުގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ދިރާސީ […]
