الوسم: ދީން

ޚަބަރު ދީން

މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް: ހުތުބާ

މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެ ކަމަށާއި އިގުތިސާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. “މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!” މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމް ދީނަކީ މަސައްކަތްކުރުމަށާއި އުފެއްދުންތެރިކަމަށް ގޮވައިލާ ދީން ކަމަށާއި އިންސާނުން ދިރިއުޅުމަށް ޓަކައި، ދުނިޔެ އިމާރާތްކޮށް އާރާސްތުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އިސްލާމް ދީނުގައި، ހުއްދަކުރައްވައިފައި ވަނީ، ހަލާލު ގޮތުގައި އާމްދަނީ ހޯދުން […]

ޚަބަރު ދީން

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބޮޑު އަނިޔާއެއް، މި ސުންޕާ ވަބާއިން ސަލާމަތްވާންޖެހޭ: ހުތުބާ

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމައުގެ ހައްގުގައި ކުރެވޭ ބޮޑު އަނިޔާއެއް ކަމަށާއި އެ ސުންޕާ ވަބާއިން ސަލާމަތްވާންޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުމާ ގުޅޭގޮތުން މިއަދުގެ ހުކުރު ހުތުބާގައި ބުނީ ހަގީގީ ރަޙުމަތްތެރީންނަކީ، ހެޔޮ ކަންކަމަށް މަގުފަހިކޮށްދީ، ހެޔޮ ނަސޭހަތްދޭ މީހުން ކަމަށެވެ. އެހެންކަމުން ނުބައި ކަންކަންކަމަށް ހިތްވަރުދޭ މީހުން ރަހުމަތްތެރީންކަމުގައި ނުބަލުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ. “ދުންފަތުގެ އިސްތިއުމާލުކުރުމީ، ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމައުގެ ހައްގުގައި ކުރެވޭ […]