ޕީއެންސީގެ ޕްރައިމަރީގައި 290 އަށްވުރެ ގިނަ ކެންޑިޑޭޓުން
ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށްފިއެވެ. ޕީއެންސީން އިއުލާންކޮށްފައިވާ ލިސްޓުގައިވާ ގޮތުން، މިމަހުގެ 27 ގައި ބާއްވާ ޕްރައިމަރީގައި 298 ކެންޑިޑޭޓަކު ވާދަކުރާނެއެވެ. އެއީ ކައުންސިލުތަކުގެ ޕްރައިމަރީގައި 180 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި 118 ކެންޑިޑޭޓުންނެވެ. ޕީއެންސީން މިރޭ ނެރުނު […]

