الوسم: ސިވިލް ކޯޓް

ޚަބަރު

އަޝްފާގު އެއް މިލިއަން ރުފިޔާ ދައްކައިފި، ބާކީ ހަތަރު ލައްކަ ދައްކަން ހަ މަސް  

ހަ މަސްދުވަހުގެ ތެރޭގައި ހަތަރު ލައްކަ ރުފިޔާގެ ދަަރަންޏެއް ދެއްކުމަށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ މައްޗަށް ހުކުމްކޮށްފިއެވެ. ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު ބެއްލެވި އެ މައްސަލައަކީ އަޝްފާގު އިމާރާތެއް ކުރުމަށް ކުރިން އޭނާ ކުޅުނު ވީބީ ސްޕޯޓްސް ކްލަބުން ގެރެންޓީދީގެން ޔޫމެޓް ކޮންސްޓްރަކްޝަނާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ ނުދެއްކުމުން ޔޫމެޓުން ކުރި ދައުވާއެކެވެ. އެ މައްސަލައިގައި މީގެ ކުރިން ހުކުމްކޮށްފައިވަނީ، […]