“ސިޓިންރޫމްގައި ފްރަންޓް އޮފީސް” ހިންގަވަމުން ފުލުހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ވެރިކަމުގައި ހުންނަވައިގެން މަސައްކަތްކުރެއްވި ނަމަ، އޮންނާނީ ރައްޔިތުން އިތުބާރުކުރާ ފުލުހުންގެ މުއައްސަސާއެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރައްދުދެއްވައިފިއެވެ.
އިހުސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، ޕީއެންއެފްގެ ރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
އެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު އަނބުރާ ގެންނަން ޖެހިފައިވާ ކަމަށާއި އެ މަސައްކަތް މިނިސްޓަރު އިހުސާން ނުކުރައްވާ ކަމަށެވެ. އަދި ފުލުހުން ދިފާއުކުރުމުގެ ޒިންމާ ވެސް އިހުސާން އަދާނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން އިހުސާން ވިދާޅުވީ މި ފަސް އަހަރު ނިމިގެންދާއިރު ފުލުހުންގެ މުއައްސަސާ ވާނީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ އަދި ރައީސް ޔާމީން ވެސް ފަހުރުވެރިވެވަޑައިގަންނަވާ މުއައްސަސާއަކަށް ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ.
“ފަސް އަހަރުގެ ވެރިކަމެއް ކުރައްވާފައި ވަޑައިގެން ‘ސިޓިން ރޫމްގައި ފްރަންޓް އޮފީސް’ ހިންގަވަމުން ފުލުހުންގެ ވާހަކަދެއްކެވުމުގެ ބަދަލުގައި އެ ވެރިކަމުގައި ރައީސް އޮފީހުގައި ހުންނަވައިގެން އެކަން ކުރެއްވި ނަމަ، މިއަދު އޮންނާނީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރައްވާ ފުލުހުންގެ މުއައްސަސާއެއް،” މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ފުލުހުންގެ ތެރޭގައި ގިނައީ ގައުމީ ހިދުމަތުގެ ރޫހު ހުރި، މި ވަތަން ދެކެ ލޯބިވާ ފުލުހުން ކަމަށާއި އެ ފުލުހުން ކުރައްވާ ހިދުމަތާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަމުންގެންދަވަނީ ފުލުހުންގެ ތެރޭގައި ރަނގަޅުކުރަން ޖެހޭ ކަންކަން ދަނެ، އެކަންކަން ރަނގަޅުކުރެވޭނެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަމާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0 Comments
Lawyer Asif
ديسمبر 5, 2025https://theyraonline.com/11316?utm_source=dlvr.it&utm_medium=facebook&fbclid=IwZXh0bgNhZW0CMTEAc3J0YwZhcHBfaWQKNjYyODU2ODM3OQABHvGMQa8wwkIdr2KPgw9SwhL8OBi6mVkZhZ0Rgcaj4tJZy9OS3xD3Dg0vhmlW_aem_Vry-hymUbHRkll3pzSH46w
Moona Moony
ديسمبر 5, 2025Hurihaa kameh dhookohlanee viyyaa dhahkaane verikan kuriyas hamaiga thibenvaanee noonee beybeyfulhah hedhi goiyves hedhen onnaanenu
Kuda Kappi
ديسمبر 5, 2025ދެން ކޮންތާކު ދެއްކޭނި؟ބަދިގެ ކިބަޑި ފަރާތުގައި ތިބެގެންތަ؟
Mohad Ikeer
ديسمبر 5, 2025Rangalhu dhehkigennuvaane sababakee me raajje ga fuluhun kuraavahkamaa,, ethaanga thibe fuluhun ge corrupt vaaha rais yaameen rayyethununa vaagoe kiyaadhineema hajamenuvaane,, dhehthw,, me raajje ga thibi traffic police meehunnakey dhaulahthuge thibi vagunna laari jahaadhy ATM machine thake me hageega rayyethununa vaagoe kiyaadhineema mekan huhtuvan dhahkaa vaahaka dhaulahthuge thijooree husskuraa meehun,,
سعود الله رشيد
ديسمبر 5, 2025Fuluhunge vaahaka nudhehkeyne thaneh ovegen nuvaane Appathurey moyafulhu nuvey
Mariyam Didi
ديسمبر 5, 2025ނާގާބިލު އައްޕަތުރޭ. ޔާމީނުނުކިޔާ ކަލޭހުރީފޭލްވެފާ ލަދެއްހުރިމީހެއްނަމައިސްތިއުފާދޭނެ ލަދެއްހަޔާތެއްނެއް. ޖަނަވާރެއް