ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް، ރިޓަޔާކުރައްވައިފިއެވެ.
ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ މުއްދަތަކަށް މަސައްކަތްކުރެއްވި ނިޔާޒް، ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ މިދިޔަ މަހުއެވެ. އަދި މިއަދު ވަނީ އޭނާ ފަނޑިޔާރުކަމުން ރިޓަޔާކުރައްވައިފައެވެ.
ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވި ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ނިޔާޒް އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ޖެނުއަރީގައެވެ.
ނިޔާޒް ވަނީ 2022 ވަނަ އަހަރުން ފެށިގެން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އޭގެ ފަހުން ކޮމިޝަންގެ ނައިބު ރައީސްކަން އަދާކުރެއްވި ނިޔާޒް، ދާދި ފަހުން ވަނީ އެ މަގާމުން ވެސް އިސްތިއުފާދެއްވައިފައެވެ.
