ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ދާދިފަހުން އިސްތިއުފާދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރައްވައިފިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހުންނެވުމަށްފަހު، އެ މަގާމުން ނަސްރީން އިސްތިއުފާދެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އެނގިފައިވާގޮތުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރުމުން ނަސްރީން ވަނީ އިއްޔެއިން ފެށިގެން އޮފީހަށް ނުކުންނަވަން ފައްޓަވައިފައެވެ.
ނަސްރީނަކީ މި ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީގެ މަގާމު އަދާކުރެއްވި ތިންވަނަ ބޭފުޅާއެވެ. ކުރިން އެ މަގާމު ފުރުއްވި ޒީނާ ޒާހިރާއި މުހައްމަދު ސައީދު ވެސް ވަނީ އިސްތިއުފާދެއްވައިފައެވެ.
