ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީބު އައްޔަންކުރައްވައިފި
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ރައީސް އޮފީހުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީބު އައްޔަންކުރައްވައިފިއެވެ. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ނަސްރީން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެއް އަހަރާއި ހަފުތާއެއް ވަންދެން ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހޭދަކުރެއްވުމަށްފަހު، ނަސްރީން މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 29 ގައެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ބުނީ ޕީއެސްއެމްގެ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ […]

