• Home  
  • ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން
- ޚަބަރު

ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގައި ކެބިނެޓު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފު، ޖަޕާނަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މަހުލޫފު އެ މަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހު އެވެ. އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ މަހުލޫފާ އިންޓަވިއުކޮށްފަ އެވެ. މަހުލޫފު އެ މަގާމަށް އައްޔަން ކުރަން ކޮމިޓީން […]

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގައި ކެބިނެޓު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފު، ޖަޕާނަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަހުލޫފު އެ މަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހު އެވެ. އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ މަހުލޫފާ އިންޓަވިއުކޮށްފަ އެވެ.

މަހުލޫފު އެ މަގާމަށް އައްޔަން ކުރަން ކޮމިޓީން ރުހުން ދޭން ފާސްކުރީ ބައްދަލުވުމުގައި ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ވޯޓު ދެއްވި އަށް މެންބަރުންގެ އިއްތިފާގުންނެވެ.

އެ މަގާމަށް މަހުލޫފު އައްޔަން ކުރަން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 60 މެންބަރުން ވޯޓު ދެއްވި އެވެ. މީގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ.

މަހުލޫފުގެ ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭގެ ފަހުން މައުމޫން އުފެއްދެވި ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ވެސް މަހްލޫފް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެ ޕާޓީން އޭނާ ވަކިކުރީ އެވެ.

މަހުލޫފް ދެން ގުޅިވަޑައިގަތީ އެމްޑީޕީއާ އެވެ. އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހުގަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޔޫތް މިނިސްޓަރުކަން ކުރެއްވި އެވެ. މިދިޔަ ވެރިކަން ނިމުމަށްފަހު ސިޔާސީ ކަންކަމާ ދުރުގައި ހުންނެވުމަށްފަހު އެމްޑީޕީން މަހުލޫފް ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެންބަރު މަހު އެވެ.

މަހުލޫފް ޕީއެންސީއަށް ސޮއިކުރެއްވީ ނޮވެމްބަރު 14، ގައި އާޓިފިޝަލް ބީޗުގައި އެ ޕާޓީން ބޭއްވި ޖަލްސާގަ އެވެ.

0 Comments

  1. Moona Moony

    ديسمبر 3, 2025

    Thi meehaa ah aammu rayyithunge thaaeedheh noannaane midhiya sarukaarahves biru dhahkamun dhiya meeheh thee

  2. Aflaan Afu

    ديسمبر 3, 2025

    Mdp memberun ge Nan ves jahalabala..

  3. Aflaan Afu

    ديسمبر 3, 2025

    Thimeehunnanky rayyithunah baladhu araafa thibi baeh.

  4. Hussain Be

    ديسمبر 3, 2025

    umeedhu kuranie falhu govaamuge bodu investment eh Japan in gennaanekamah amiehunaai vaahaka dhekevigen ehcheh libeynie hama kani namehga hurumakun raajje ah libeyne ehcheh neiy molhehves neiy

اترك رداً على Aflaan Afu إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *