• Home  
  • މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ފައުޖެއް އަރައި މައުރޫފާއި 3 މީހަކު ހައްޔަރުކޮށްފި
- ޚަބަރު

މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ފައުޖެއް އަރައި މައުރޫފާއި 3 މީހަކު ހައްޔަރުކޮށްފި

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިއްޔެ ހެނދުނުން ފެށިގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ. އެ ދެ މީހުން ހައްޔަރުކުރީ މަސްވެރިންގެ މުޒާހަރާ ލީޑުކުރާ ދޯނީގައި އެ މީހުން ތިއްބައި އެ ދޯންޏަށް ފުލުހުންގެ ފައުޖެއް އަރަ އެވެ. ފުލުހުން ބުނީ، މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އަމުރަށް […]

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިއްޔެ ހެނދުނުން ފެށިގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އެ ދެ މީހުން ހައްޔަރުކުރީ މަސްވެރިންގެ މުޒާހަރާ ލީޑުކުރާ ދޯނީގައި އެ މީހުން ތިއްބައި އެ ދޯންޏަށް ފުލުހުންގެ ފައުޖެއް އަރަ އެވެ.

ފުލުހުން ބުނީ، މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި މައުރޫފުގެ އިތުރުން ދިވެހި ގައުމީ ޓީމަށް 100 މެޗު ކުޅެދީފައިވާ ހަމައެކަނި ކުޅުންތެރިޔާ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާއަކީ ބީކޭއެމްޔޫގެ ނައިބު ރައީސެވެ.

0 Comments

  1. Ismail Azeem

    ديسمبر 11, 2025

    Mauroof mihaaru dhany mahah dhy ?

  2. أبو أيوب وزينب

    ديسمبر 11, 2025

    Eyruvess buneemennu miyakee masverinnaa gulhun huri kameh nooney. Miyakee hama seedhaa MDP ge gundaain Rayyithunnah jessun kuranvegen kuramun dhaa kameh.

اترك رداً على Ismail Azeem إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *