ހުޅުމާލޭ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވި ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އަހުމަދު އަޒުމީލު ނިޔާވި އިރު, އޭނާގެ އަނބިމީހާ އިނީ ތިންވަނަ ދަރިފުޅަށް ބަލިވެކަން އެނގިއްޖެ އެވެ.
ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް, ހިނގި އަލިފާނުގެ ހާދިސާގައި އުމުރުން 43 އަހަރުގެ އަޒުމީލުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި, ސީރިއަސް އަނިޔާތަކެއް ލިބުނީ 26 ނޮވެންބަރު 2025 ގައެވެ.
އޭނާ ފަރުވާއަށް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ. އަޒްމީލު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
‘ހަފްތާ’ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒުމީލު ނިޔާވި އިރު, އޭނާގެ ދެ ކުދިންނާއި އަނބަކު ދުނިޔޭގައި އެބަހުއްޓެވެ. އެއީ ދެ ފިރިހެން ކުދިންނެވެ. އަދި އަނބިމީހާ އިނީ ތިންވަނަ ކުއްޖަކަށް ބަލިވެކަންވެސް އެނގިފައިވެ އެވެ.
އަޒުމީލު ވަނީ އޭނާގެ މުޅި ހަޔާތުގެ ދެބައިކުޅަ އެއްބައި ގައުމީ ހިދުމަތުގައި ހޭދަކޮށްފަ އެވެ. އެގޮތުން އޭނާއަކީ ސްޓެލްކޯއަށް 21 އަހަރު ހިދުމަތް ކޮށްފައިވާ އެ ކުންފުނީގެ އަގުހުރި ހިދުމަތްތެރިއެކެވެ.

0 Comments
Asiyath Hussain
ديسمبر 12, 2025Subbhanahllah 💔😭
Farishath Fathimath
ديسمبر 12, 2025Aameen
Altion Nasy
ديسمبر 12, 2025ގައުމީ ޚިދުމަތުގައި ގިނަދުވަސް ވީމީހުންނަށް މި ގައުމުގައި ހަމަ 0 އޮތީ ބަލާބަލަ މިފަހަރު މުވައްޒަފުންގެ މުސާރަ ބޮޑު ކުރި އުސޫލް ގިނަދުވަހު ޚިދުމަތުގައި ތިބި މީހުންނެކޭ އަލަށް ވަޒީފާއަށް އަންނަ މީހުންނެކޭ އެއްވެސް ތަފާތެއް ނެތް! ނުވިތާކަށް ކުރިން ދީފައޮތް ދިގުމުއްދަތުގެ އެލަވަންސްވެސް،އޮތީ ކަނޑާލާފައި! މުސާރަ ބޮޑުކުރަންށޭ ކިޔާފައި ފާފަޔާ މަރުވެފައި އޮތީ! ސިވިލްސާވިސް މުވައްޒަފުންނަށް އެނގޭ މީ ކުޅޭ ކުޅިގަނޑު!
Fathimayh Raziya Fathimath Raziya
ديسمبر 12, 2025Aameen
Baabul Buhuthaan
ديسمبر 12, 2025May Allah grant him jannathul firdaus🤲
Ainth Jee
ديسمبر 12, 2025Aameen 🤲🤲🤲
Raz Abdul
ديسمبر 12, 2025🥲
Aishath Sameera
ديسمبر 12, 2025Aameen
Muhammad Abdul Samad
ديسمبر 12, 2025اللهم اغفر له وارحمه وأسكنه فسيح جناتك. امين
Mohamed Majdhee
ديسمبر 12, 2025Aameen
Nick Naayik
ديسمبر 12, 2025Aameen
Sultan Ameeru Sultan Ameeru
ديسمبر 12, 2025beinumeh neh minvarah kanthah advance koh fahuge nizaamah badhalukoh hedhumun libeynee gina faharah gehlumaa haalaku nikamethikan…