• Home  
  • އުމުރުގެ ބޮޑުބައި ގައުމީ ހިދުމަތުގައި, ވަކިވެދިޔައީ ތިންވަނަ ދަރިފުޅު އުރާލުމުގެ ނަސީބު ނުލިބި
- ޚަބަރު

އުމުރުގެ ބޮޑުބައި ގައުމީ ހިދުމަތުގައި, ވަކިވެދިޔައީ ތިންވަނަ ދަރިފުޅު އުރާލުމުގެ ނަސީބު ނުލިބި

ހުޅުމާލޭ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވި ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އަހުމަދު އަޒުމީލު ނިޔާވި އިރު, އޭނާގެ އަނބިމީހާ އިނީ ތިންވަނަ ދަރިފުޅަށް ބަލިވެކަން އެނގިއްޖެ އެވެ. ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް, ހިނގި އަލިފާނުގެ ހާދިސާގައި އުމުރުން 43 އަހަރުގެ އަޒުމީލުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި, ސީރިއަސް އަނިޔާތަކެއް ލިބުނީ 26 ނޮވެންބަރު 2025 […]

ހުޅުމާލޭ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވި ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އަހުމަދު އަޒުމީލު ނިޔާވި އިރު, އޭނާގެ އަނބިމީހާ އިނީ ތިންވަނަ ދަރިފުޅަށް ބަލިވެކަން އެނގިއްޖެ އެވެ.

ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް, ހިނގި އަލިފާނުގެ ހާދިސާގައި އުމުރުން 43 އަހަރުގެ އަޒުމީލުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި, ސީރިއަސް އަނިޔާތަކެއް ލިބުނީ 26 ނޮވެންބަރު 2025 ގައެވެ.

އޭނާ ފަރުވާއަށް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ. އަޒްމީލު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

‘ހަފްތާ’ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒުމީލު ނިޔާވި އިރު, އޭނާގެ ދެ ކުދިންނާއި އަނބަކު ދުނިޔޭގައި އެބަހުއްޓެވެ. އެއީ ދެ ފިރިހެން ކުދިންނެވެ. އަދި އަނބިމީހާ އިނީ ތިންވަނަ ކުއްޖަކަށް ބަލިވެކަންވެސް އެނގިފައިވެ އެވެ.

އަޒުމީލު ވަނީ އޭނާގެ މުޅި ހަޔާތުގެ ދެބައިކުޅަ އެއްބައި ގައުމީ ހިދުމަތުގައި ހޭދަކޮށްފަ އެވެ. އެގޮތުން އޭނާއަކީ ސްޓެލްކޯއަށް 21 އަހަރު ހިދުމަތް ކޮށްފައިވާ އެ ކުންފުނީގެ އަގުހުރި ހިދުމަތްތެރިއެކެވެ.

0 Comments

  1. Asiyath Hussain

    ديسمبر 12, 2025

    Subbhanahllah 💔😭

  2. Farishath Fathimath

    ديسمبر 12, 2025

    Aameen

  3. Altion Nasy

    ديسمبر 12, 2025

    ގައުމީ ޚިދުމަތުގައި ގިނަދުވަސް ވީމީހުންނަށް މި ގައުމުގައި ހަމަ 0 އޮތީ ބަލާބަލަ މިފަހަރު މުވައްޒަފުންގެ މުސާރަ ބޮޑު ކުރި އުސޫލް ގިނަދުވަހު ޚިދުމަތުގައި ތިބި މީހުންނެކޭ އަލަށް ވަޒީފާއަށް އަންނަ މީހުންނެކޭ އެއްވެސް ތަފާތެއް ނެތް! ނުވިތާކަށް ކުރިން ދީފައޮތް ދިގުމުއްދަތުގެ އެލަވަންސްވެސް،އޮތީ ކަނޑާލާފައި! މުސާރަ ބޮޑުކުރަންށޭ ކިޔާފައި ފާފަޔާ މަރުވެފައި އޮތީ! ސިވިލްސާވިސް މުވައްޒަފުންނަށް އެނގޭ މީ ކުޅޭ ކުޅިގަނޑު!

  4. Fathimayh Raziya Fathimath Raziya

    ديسمبر 12, 2025

    Aameen

  5. Baabul Buhuthaan

    ديسمبر 12, 2025

    May Allah grant him jannathul firdaus🤲

  6. Ainth Jee

    ديسمبر 12, 2025

    Aameen 🤲🤲🤲

  7. Raz Abdul

    ديسمبر 12, 2025

    🥲

  8. Aishath Sameera

    ديسمبر 12, 2025

    Aameen

  9. Muhammad Abdul Samad

    ديسمبر 12, 2025

    اللهم اغفر له وارحمه وأسكنه فسيح جناتك. امين

  10. Mohamed Majdhee

    ديسمبر 12, 2025

    Aameen

  11. Nick Naayik

    ديسمبر 12, 2025

    Aameen

  12. Sultan Ameeru Sultan Ameeru

    ديسمبر 12, 2025

    beinumeh neh minvarah kanthah advance koh fahuge nizaamah badhalukoh hedhumun libeynee gina faharah gehlumaa haalaku nikamethikan…

اترك رداً على Nick Naayik إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *