• Home  
  • މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ “ޑިއު ޕްރޮސެސް”އާ ހެދި: ރައީސް 
- ޚަބަރު

މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ “ޑިއު ޕްރޮސެސް”އާ ހެދި: ރައީސް 

މަސްވެރިކަމުގެ ދާއިރާގައި ހުރި ބައެއް މަސައްކަތްތަކަށް ލަސްތަކެއް އަންނަނީ ބޭރުގެ “ޑިއު ޕްރޮސެސް”ގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މަސްވެރިންނާއެކު ރ. ދުވާފަރުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބައެއް މަސައްކަތްތައް ބޭރުގެ އެހީއާ ގުޅިފައި ހުރުމުން ލަސްތަކެއް ކުރިމަތިވާ ކަމަށާއި އެއީ ސަރުކާރުން އަދި ބޭރުގެ އެހީދޭ ގައުމުތަކުން ވެސް ކަމެއް ގޯސްކޮށްކޮށްގެން ހިނގާ ކަންކަމެއް ނޫން ކަމަށެވެ. އެއީ މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭތީ، އެ އޮންނަ “ޑިއު […]

މަސްވެރިކަމުގެ ދާއިރާގައި ހުރި ބައެއް މަސައްކަތްތަކަށް ލަސްތަކެއް އަންނަނީ ބޭރުގެ “ޑިއު ޕްރޮސެސް”ގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންނާއެކު ރ. ދުވާފަރުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބައެއް މަސައްކަތްތައް ބޭރުގެ އެހީއާ ގުޅިފައި ހުރުމުން ލަސްތަކެއް ކުރިމަތިވާ ކަމަށާއި އެއީ ސަރުކާރުން އަދި ބޭރުގެ އެހީދޭ ގައުމުތަކުން ވެސް ކަމެއް ގޯސްކޮށްކޮށްގެން ހިނގާ ކަންކަމެއް ނޫން ކަމަށެވެ. އެއީ މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭތީ، އެ އޮންނަ “ޑިއު ޕްރޮސެސް”ގެ ލަސްކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އައިސްޕްލާންޓުތަކާއި ބައެއް ފެކްޓަރީތަކުގެ މަސައްކަތް ފެށުމުގައި ލަސްތަކެއް އުޅެނީ ބޭރުގެ އެހީތަކާ ގުޅިފައި ހުރުމުން ކަމަށާއި ނަމަވެސް އޭގެ ތެރެއިން ގިނަ މަސައްކަތްތައް ނިމި، މިހާރު ވަނީ އަމަލީ މަރުހަލާއަށް ގޮސްފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގެ ބައެއް މަސައްކަތްތައް ލަސްވަނީ ސަރުކާރުން ފަރުވާކުޑަކޮށްގެން ނޫން ކަމަށާއި އެކަންކަން ލަސްވަނީ އިގުތިސާދު ކުރިއަރައިގެންދާނެ ގޮތަށް ވިސްނައިގެން ކުރަންޖެހޭ ކަންކަމަށްވުމުން ކަމަށެވެ.

ސަރުކާރުން މަސްވެރިންގެ ހިޔާލުތަކާއެކު އެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށާއި އަދި އެ މަނިކުފާނުގެ މެނިފެސްޓޯގައި ހުރި މަސްވެރިކަމާ ގުޅުންހުރި ވައުދުތައް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

0 Comments

  1. Zahira Hasan

    ديسمبر 13, 2025

    Konmes bayaku bolualhuvailaalhe kurisarukaaran nuvikan dheraee thimaayan hingan neygeykan

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *