الوسم: މަސްވެރިންގެ ދުވަސް

ޚަބަރު

ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ! 

ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު އޮބަހައްޓަން ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ، މިފްކޯއިން މަސް ގަތުމަށް ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖުން މިދިޔަ ބުރާސްފަތި ދުވަހު ބައެއް މަސްވެރިން ހައްޔަރުކުރުމާ ގުޅިގެންނެވެ. އެ އިހުތިޖާޖުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓަރީ ޖެނެރަލް މައުރޫފް ޒާކިރާއި ތިން މަސްވެރިއެކެވެ. ނަޝީދު ވިދާޅުވީ […]

ޚަބަރު

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ

ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެއެވެ. މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން، ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން އިންތިޒާމުކޮށްގެން ދުވާފަރުގައި ކުރިއަށްގެންދިޔަ “އެމްޑަބްލިޔުއެސްސީ މަސް ރޭސް” ގެ ޓައިޓަލް ސްޕޮންސަރުގެ އިތުރުން “މަސްވެރި ހަވީރު” ކުޑަކުދިންގެ ފެސްޓިވަލްގައި ވެސް އެމްޑަބްލިޔުއެސްސީން ވަނީ ބައިވެރިވެ، ސްޓޯލް ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ބައިވެރިވި އެ ހަރަކާތްތަކާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީން ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް […]

ޚަބަރު ކުއްލި ޙަބަރު

މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ

މާދަމާއިން ފެށިގެން ގަންނާނެ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސް ގަންނަ އަގަކީ 16 ރުފިޔާ ކަމަށް ކަނޑައަޅައިގެން، މިހާރު މިފްކޯއިން މަސް ގަންނަނީ ދޮޅު ކިލޯއިން މަތީގެ މަސް ކަމަށެވެ. އެކަމަށް ގެންނަ މައިގަނޑު އެއް ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ […]

ޚަބަރު

މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ “ޑިއު ޕްރޮސެސް”އާ ހެދި: ރައީސް 

މަސްވެރިކަމުގެ ދާއިރާގައި ހުރި ބައެއް މަސައްކަތްތަކަށް ލަސްތަކެއް އަންނަނީ ބޭރުގެ “ޑިއު ޕްރޮސެސް”ގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މަސްވެރިންނާއެކު ރ. ދުވާފަރުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބައެއް މަސައްކަތްތައް ބޭރުގެ އެހީއާ ގުޅިފައި ހުރުމުން ލަސްތަކެއް ކުރިމަތިވާ ކަމަށާއި އެއީ ސަރުކާރުން އަދި ބޭރުގެ އެހީދޭ ގައުމުތަކުން ވެސް ކަމެއް ގޯސްކޮށްކޮށްގެން ހިނގާ ކަންކަމެއް ނޫން ކަމަށެވެ. އެއީ މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭތީ، އެ އޮންނަ “ޑިއު […]

ޚަބަރު

މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ރައީސް ދުވާފަރަށް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހެނދުނު ރ. ދުވާފަރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ދުވާފަރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކިއެކި ހަރަކާތްތަކުގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް […]

ޚަބަރު

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން: ރައީސް

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް, އުފެއްދުންތައް އިތުރުކޮށް މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ, މަސްވެރިކަމާއި ދިވެހިންނާ ލާމެހިފައިވާ ކަމަށާއި އެ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށެވެ. އަދި ދިވެހީންގެ މުރާލިކަމާއި […]