• Home  
  • ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން! 
- ޚަބަރު

ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން! 

މީޑިއާތަކުގައި ހެޑްލައިން ހެދުމަށް ޝަރީއަތް ބޭނުންކުރުމުގެ ފުރުސަތު ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދަށް ނުދެވޭނެ ކަމަށް ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވެއްޖެއެވެ. މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަމްއާން ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި […]

މީޑިއާތަކުގައި ހެޑްލައިން ހެދުމަށް ޝަރީއަތް ބޭނުންކުރުމުގެ ފުރުސަތު ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދަށް ނުދެވޭނެ ކަމަށް ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވެއްޖެއެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަމްއާން ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި އިމިގްރޭޝަން ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފެއްގެ ހެކިބަސް ނެގުމަށް ވަނީ ޝަރީއަތަށް ހާޒިރުކޮށްފައެވެ. އެ މުވައްޒަފަކީ ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުރިއިރުވެސް ކޮންޓްރޯލާ ބިއުރޯގައި މަސައްކަތްކުރި މުވައްޒަފެކެވެ.

އެ ހެކިވެރިޔާއާ ސުވާލުކުރަން ލިބުނު ފުރުސަތުގައި ޝަމްއާން ކުރެއްވި ސުވާލު އަމާޒުކުރެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ލައްވައި ގާނޫނާހިލާފު ކަންތައްތަކެއް ކުރައްވަން އެންގެވި ކަމަށް ތުހުމަތުކޮށް އެކަމާ ގުޅިގެންނެވެ.

ޝަމްއާން އެ ސުވާލުކުރުމުން ދައުލަތުން ފާހަގަކުރެއްވީ އެއީ ޝަމްއާނަށް ކުރެވޭނެ ސުވާލެއް ނޫން ކަމަށެވެ. އެއީ ކުރެވޭނެ ސުވާލަކަށް ނުވާތީ އެ ސުވާލު އިތުރަށް ކުރިއަށްގެންދިއުން ގާޒީ ވެސް ވަނީ ހުއްޓުވައިފައެވެ.

ގާޒީ ވިދާޅުވީ ހެކިވެރިންނާ ސުވާލުކުރުމާއި. ދިފާއުގައި މަސައްކަތްކުރުން އަދި ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ޝަމްއާނަށްވެސް ލިބޭނެ ކަމަށެެވެ. ނަމަވެސް މީޑިއާގައި ހެޑްލައިންތައް ހެދުމަށް ޝަރީއަތް ބޭނުންކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޝަރީއަތަކީ ވަކި ބަޔަކަށް މެސެޖު ދިނުމަށް ބޭނުންކުރާ ވަސީލަތަކަށް ނުހެދޭނެ ކަމަށްވެސް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އެފަދަ ކަންކަން ތަކުރާރުވާނަމަ ޝަރީއަތުން ފިޔަވަޅު އަޅާނެ ކަމަށާއި ހެކިވެރިންނާ ސުވާލުކުރުމުގެ އިދާރާގެ ބޭރުން ސުވާލުކުރާނަމަ ދެން ޝަމްއާނަށް ހެކިވެރިންނާ ސުވާލުކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފު ހެކިބަސް ދެމުން ބުނީ އެ މައްސަލައިގައި ހިމެނޭ ބިދޭސީ މީހާ އިމިގްރޭޝަންގެ ޑިޓެންޝަންގައި ހުރި އިރު، އެ ބިދޭސީ މީހާ ދޫކޮށްލުމަށް އެދި ސިޓީއެއް ލިބުނު ކަމަށާއި އެ ސިޓީ ބެލުމަށްފަހު، އެ ބިދޭސީ މީހާ ދޫކޮށްލުމަށް ކަމާބެހޭ ފަރާތްތަކަށް ޝަމްއާން އަންގާފައިވާ ކަމަށެވެ. އަދި އެ ބިދޭސީ މީހާ ދޫކޮށްލުމުގެ ކުރިން އޭނާގެ ބަޔާން ނެގުމަށްވެސް އެންގި ކަމަށް ހެކިވެރިޔާ ބުންޏެވެ.

0 Comments

  1. Faary Faarish

    ديسمبر 16, 2025

    Noos verin dho headline hadhaany gaazee ah olhi vadai gathy tho…..

اترك رداً على Faary Faarish إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *