ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުނި، ސްޓެލްކޯގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަން ފަށައިފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، އެ ކުންފުނީގެ ހިދުމަތްތަކާމެދު ރައްޔިތުން ދެކޭގޮތް ދެނެގަނެ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން އެކަމަށް އެކުލަވާލާފައިވާ އޮންލައިން ފީޑްބެކް ފޯމެއް މިހާރު ކުންފުނީގެ ވެބްސައިޓުގައި އާންމު ކޮށްފައިވާނެ ކަމަށާއި އެ ފޯމު މެދުވެރިކޮށް، ކުންފުނީގެ ހިދުމަތްތަކާ ގުޅޭގޮތުން ހިޔާލު ދެއްވުމަށް އެދޭ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހިޔާލު ދެއްވަން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމު: stelco.com.mv/feedback
