الوسم: ވިޔަފާރި

ޚަބަރު ވިޔަފާރި

ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ

ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުނި، ސްޓެލްކޯގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަން ފަށައިފި އެވެ. ސްޓެލްކޯ އިން މިއަދު ބުނީ، އެ ކުންފުނީގެ ހިދުމަތްތަކާމެދު ރައްޔިތުން ދެކޭގޮތް ދެނެގަނެ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯދަން ބޭނުންވާ ކަމަށެވެ. އެގޮތުން އެކަމަށް އެކުލަވާލާފައިވާ އޮންލައިން ފީޑްބެކް ފޯމެއް މިހާރު ކުންފުނީގެ ވެބްސައިޓުގައި އާންމު ކޮށްފައިވާނެ ކަމަށާއި އެ ފޯމު މެދުވެރިކޮށް، ކުންފުނީގެ ހިދުމަތްތަކާ ގުޅޭގޮތުން ހިޔާލު ދެއްވުމަށް އެދޭ […]

ޚަބަރު ވިޔަފާރި

އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!

އެސްޓީއޯގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯގެ ވިޔަފާރި ސެގްމެންޓްތަކުގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ފަރާތުން، މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯރޫމްގައި ވަރަށް ހާއްސަ ސޭލްއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލުގައި ވަކި ޕްރޮޑަކްޓްތަކަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. […]

ޚަބަރު ވިޔަފާރި

ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު ބައިވެރިއެއް!

ޗުއްޓީއަށް ގޮސް އުޅޭއިރު އެކްސިޑެންޓެއް ދިމާވުން ނުވަތަ ކުއްލިއަކަށް ބަލިވުމަކީ ވެދާނެ ކަމެކެވެ. ޕާސްޕޯޓު ނުވަތަ ދަތުރު ލިޔުންތައް އަދި ދަތުރަށް ގެންދިޔަ ލަގެޖު ގެއްލުން ފަދަ ކަންކަމަކީވެސް ވެފައިހުރި ކަންކަމެވެ. ނަމަވެސް މިފަދަ ކަމެއް ދިމާވެދާނެކަމަށް ތައްޔާރުވަނީ މަދު ބައެކެވެ. ނަތީޖާއަކީ އަމިއްލަ ޖީބުން އެތައް ހާސް ރުފިޔާއެއް ހޭދަކުރަން ޖެހުމެވެ. އުފަލާއި މަޖަލަށް ދިޔަ ދަތުރު ހިތާމައާއި މާޔޫސް ކަމަށް ބަދަލުވުމެވެ. އެހެންކަމުން ޗުއްޓީއަށް ފުރުމުގެ ކުރިން ވިސްނާލަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ […]

ޚަބަރު

އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ ބަލަނީ

ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން، އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ބިލުތަކަށް ފައިސާ ދައްކައި ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި މަސް ނިމެންވާއިރަށް ގިނަ ބިލުތަކަށް ފައިސާ ދައްކައި ނިންމައިލެވޭތޯ މަސައްކަތް ކުރަމުންދާ […]

ޚަބަރު ވިޔަފާރި

އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް

އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ސައުދީ އަރަބިއާގެ ވަފުދެއް ރާއްޖެ އަތުވެއްޖެ އެވެ. ރާއްޖޭގައި ހުންނަ ސައުދީ އެންބަސީން ބުނީ އެ ވަފުދުގެ އިސްކޮށް ހުންނެވީ ސައުދީގެ އިންވެސްޓްމަންޓްސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދު ކަމަށެވެ. ވަފުދުގައި ސައުދީގެ ބައެއް އިސްވެރިންނާއި އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ހިމެނޭ ކަމަށްވެސް ބުންޏެވެ. ތިން ދުވަހުގެ މި ދަތުރުގައި އެ ވަފުދުން ދެ ގައުމު ދެމެދުގައި އިންވެސްޓްމަންޓުތައް ފުޅާކުރުމާ މެދު ދިވެހި […]