• Home  
  • ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
- ޚަބަރު

ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ. 10367/ މާލެ، ހަސަން އަނަސް (22އ) އާއި އަތަގަސްދޮށުގެ/ ދޫޑިގަން. ޏ. ފުވައްމުލައް، މޫސާ ޝަހީމް (22އ) އާއި އާވެލި/ ބ. ގޮއިދޫ، ހުސައިން ޝަރުވާން (25އ) އަދި ނޭޕާލް ރައްޔިތެއް ކަމަށްވާ ނިޝާ ރާއި (21އ) އެވެ. ފުލުހުން ބުނީ، މި މީހުން ހައްޔަރުކުރީ ޑުރަގް ބޭނުންކޮށް އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާ […]

މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ. 10367/ މާލެ، ހަސަން އަނަސް (22އ) އާއި އަތަގަސްދޮށުގެ/ ދޫޑިގަން. ޏ. ފުވައްމުލައް، މޫސާ ޝަހީމް (22އ) އާއި އާވެލި/ ބ. ގޮއިދޫ، ހުސައިން ޝަރުވާން (25އ) އަދި ނޭޕާލް ރައްޔިތެއް ކަމަށްވާ ނިޝާ ރާއި (21އ) އެވެ.

ފުލުހުން ބުނީ، މި މީހުން ހައްޔަރުކުރީ ޑުރަގް ބޭނުންކޮށް އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން 377.39 ގްރާމްގެ ޑުރަގް ފެނުނު ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަނަސް އަށް 15 ދުވަސް، ޝަހީމް އާއި ޝަރުވާން އަށް ފަސް ދުވަސް އަދި ނިޝާ ރައި އަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފަ އެވެ.

0 Comments

  1. Canadian Jud

    ديسمبر 21, 2025

    KAZZAABU 😡 gaathu ahaabala Miverin SHARUTHU HAMAVEYTHO?

اترك رداً على Canadian Jud إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *