• Home  
  • ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދީފި 
- ޚަބަރު

ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދީފި 

ގަވާއިދުން ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. އެނގިފައިވާ ގޮތުގައި ހިޔާގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްފިންކަން އެންގުމަށް އެ ފުލެޓުތަކުގެ ވެރިންނަށް މިމަހުގެ 16 ވަނަ ދުވަހު ވަނީ ސިޓީ ފޮނުވައިފައެވެ. އެޗްޑީސީން މައާފުކޮށްދީފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތަކެވެ. އެޗްޑީސީއަށް އެ ޖޫރިމަނާތައް މައާފުކޮށްދެއްވުމަށް އަންގަވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަން އެނގިފައިވެއެވެ. މިދިޔަ ބުރާސްފަތި […]

ގަވާއިދުން ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި ހިޔާގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްފިންކަން އެންގުމަށް އެ ފުލެޓުތަކުގެ ވެރިންނަށް މިމަހުގެ 16 ވަނަ ދުވަހު ވަނީ ސިޓީ ފޮނުވައިފައެވެ.

އެޗްޑީސީން މައާފުކޮށްދީފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތަކެވެ. އެޗްޑީސީއަށް އެ ޖޫރިމަނާތައް މައާފުކޮށްދެއްވުމަށް އަންގަވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަން އެނގިފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި މީހަކު ވަނީ ކުލި ނުދައްކައިގެން އަރާފައިވާ ބެކްލޮގްތައް ކުލިއާ ކުރެވިފައިނުވާތީ، އެ ޖޫރިމަނާތައް މައާފުކޮށްދިނުމަށް އެދިފައެވެ.

އެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ބެކްލޮގްތަކުގެ އަދަދުތައް ބެލުމަށް އެޗްޑީސީގައި އެދިފައިވާނެ ކަމަށާއި އެކަމާ މެދު މަޝްވަރާކުރައްވާނެ ކަމަށެވެ.

0 Comments

  1. Kudaa Ey Mi

    ديسمبر 21, 2025

    Hmm Thi flat thaku ga ulhey meehun ge hurihaa zarooree beynun thah vx sarucar hama jahsaa Thi flat tha kuga ulhey meehun ge ekani hahgu bondi othy😡😡

    • Shabana Sha Baā

      ديسمبر 21, 2025

      Kudaa Ey Mi asluves ehcheh nubune hurevey vareh nooney dhw🤣🤣

  2. Heyoedhey Meehaa

    ديسمبر 21, 2025

    Rangalhu goteh.meege fahun ehvesh beyfulhaku ehvesh takah kuli nudahkaathi.

  3. Kaifa Haalath

    ديسمبر 21, 2025

    Hurihaa ufaleh akuram kamaaluh dheenge aailaa ashaa MDP veringe aailaa thakah.
    MDP feyrunu kotharukohshi Mdp Secratariat

  4. Abdulla Faxil

    ديسمبر 21, 2025

    Miyohbalaaeh dhao! Kulinudhahkaa meehun nerebala!

  5. A Salaam Salaante

    ديسمبر 21, 2025

    Raithun gey alhan nagaafa huri loanuthakuge ithuruvaabaives kadaalaa ogaatherikan dhakan vakibayaka manfaa vaagotha annebayaka burayaka vaagotha kan kurumakee verimeehaa ge ogaatherikame noon ey libigen vaahageves noon emmenge rf in bodu aguga hadhaafa male meehunashaa vakibayaka hiley noonee ethana dhakan jehey agu kadaalumakee ey kureveyne kame noon

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *