الوسم: އެޗްޑީސީ

ޚަބަރު

ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދީފި 

ގަވާއިދުން ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. އެނގިފައިވާ ގޮތުގައި ހިޔާގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްފިންކަން އެންގުމަށް އެ ފުލެޓުތަކުގެ ވެރިންނަށް މިމަހުގެ 16 ވަނަ ދުވަހު ވަނީ ސިޓީ ފޮނުވައިފައެވެ. އެޗްޑީސީން މައާފުކޮށްދީފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތަކެވެ. އެޗްޑީސީއަށް އެ ޖޫރިމަނާތައް މައާފުކޮށްދެއްވުމަށް އަންގަވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަން އެނގިފައިވެއެވެ. މިދިޔަ ބުރާސްފަތި […]

ޚަބަރު

ހުޅުމާލޭ ރައްޔިތުންގެ ރައްކާތެރިކަމަށް އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް

ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމަށް އެޗްޑީސީން ވެސް އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އެއް ލޯންޗުކޮށްފި އެވެ. އެ ހިދުމަތް ލޯންޗުކުރުމަށް “ސޭފާ ހުޅުމާލެ”ގެ ނަމުގައި ރޭ ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔަތުގައި އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ޔުނިފޯމާއި ލޯގާ ވަނީ ތައާރަފުކޮށްފަ އެވެ. އެޗްޑީސީން ބުނީ، މި […]

ޚަބަރު

އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލަ: ހެއްކެއް ނުހޯދުނު، ފަޒުލްގެ މައްސަލަ ޑިކްލައިން!

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު، އެ ކުންފުނީގެ ލިޔުންތަކެއް ނައްތާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޖިނާދީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ މައްސަލަ ޑިކްލައިންކޮށްފި އެވެ. ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާގެ ތެރެއިން ޑިލީޓްކޮށްލާފައިވާ ކަމަށް ބުނެ ފަޒުލްގެ އިތުރުން އެޗްޑީސީގެ އައިޓީ ހެޑް އަބްދުالله ޝުހޫދުގެ މައްޗަށް މި ތުހުމަތުކުރީ ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ […]

ޚަބަރު

ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި

މާލޭ ސަރަހައްދަށް ދިމާވެފައިވާ ވެހިކަލް ޕާކިންގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި ވަގުތީ ޕާކިން ސަރަހައްދުތަކެއް ކަނޑައަޅައިފި އެވެ. ޕާކިން އަށް ކަނޑައެޅި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ 1964 ވެހިކަލް ޕާކު ކުރެވޭނެ އެވެ. އެގޮތުން: މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދު: 115 ޖާގަ ގާޒީ ސްކޫލު ސަރަހައްދު: 254 ޖާގަ ހިޔާ ޓަވަރު-16 ސަރަހައްދު: 1233 ޖާގަ ވިނަރެސް ސަރަހައްދު: 362 ޖާގަ އެޗްޑީސީން ބުނީ، ވަގުތީ ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ މައިގަނޑު […]

ޚަބަރު

ހިޔާ ފުލެޓުގެ އަގަށް ގެނައި ބަދަލުތައް ޕޯޓަލުން ފެންނަ ގޮތް ހަދައިފި 

ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާއެކު، އަގަށް ގެނައި ބަދަލުތައް “މައި ހުޅުމާލެ ޕޯޓަލް” އިން ފެންނާނެ ގޮތް ހަދައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް، ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލު “މައި ހުޅުމާލެ ޕޯޓަލް” އިން މިހާރު ފެންނާނެ ކަމަށެވެ. އެހެންކަމުން ހިޔާ ފުލެޓު އެއްބަސްވުމުގައި […]