ޚަބަރު
އާ ގާނޫނުގެ ދަށުން ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފި
ދެމެހެއްޓެނިވި ޓައުންޝިޕްތައް ތަރައްގީކުރެވޭ ގޮތަށް، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފިއެވެ. ޓައުންޝިޕްތަކެއް ތަރައްގީ ކުރެވޭގޮތަށް، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މަހުގެ 10 ގައެވެ. އެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމުގެ ހުއްދަދީފައިވަނީ ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށެވެ. އިކޮނޮމިކް މިނިސްޓްރީން […]

