الوسم: އެމްޑީޕީ

ޚަބަރު

ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ! 

ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު އޮބަހައްޓަން ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ، މިފްކޯއިން މަސް ގަތުމަށް ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖުން މިދިޔަ ބުރާސްފަތި ދުވަހު ބައެއް މަސްވެރިން ހައްޔަރުކުރުމާ ގުޅިގެންނެވެ. އެ އިހުތިޖާޖުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓަރީ ޖެނެރަލް މައުރޫފް ޒާކިރާއި ތިން މަސްވެރިއެކެވެ. ނަޝީދު ވިދާޅުވީ […]

ޚަބަރު

މީހެއްގެ “މަހާއި ކައްޓާ” ކައިގެން އިންތިހާބު ކާމިޔާބުކުރާކަށް ބޭނުމެއް ނޫން: މޭޔަރު އާޒިމް 

އެއްވެސް މީހެއްގެ “މަހާއި ކައްޓާ” ކައިގެން އިންތިހާބު ކާމިޔާބުކުރަން ބޭނުންނުވާ ކަމަށް މާލޭގެ މޭޔަރު އަދި އިތުރު ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މިރޭ ބޭއްވި އާދަމް އާޒިމްގެ އެމްޑީޕީ ޕްރައިމަރީ ކެމްޕޭންގައި ވާހަކަދައްކަވަމުން ވިދާޅުވީ މި ސަރުކާރުގެ ކުރިމަތީގައި އެމްޑީޕީގެ މެންބަރެއް އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނެ ކަމަށާއި އެމްޑީޕީއަށް ބިރެއް ނުވެސް ދެއްކޭނެ ކަމަށެވެ. އަދި ޖައްސާ ވައްތަރަކަށް އެމްޑީޕީން ބިރެއް ވެސް ނުގަންނާނެ ކަމަށް ވިދާޅުވިއެވެ. […]

ޚަބަރު

އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު 

އެމްޑީޕީއަށް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް އިންތިހާބުވި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ)އަށް މަރުހަބާ ދެންނެވުމަށް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ނަޝީދު ވިދާޅުވީ ޕާޓީގެ އެއްބައިވަންތަކަން ދަމަހައްޓަވައި، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބަށް ވާސިލުވާން ކުރަންޖެހޭ މަސައްކަތުގައި އެ މަނިކުފާނުގެ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. […]

ޚަބަރު

އަޅުގަނޑަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ މީހެއް ނޫން: ގަޕޯ

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް އިންތިހާބުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާއީލް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ފައްޔާޒް އިސްތިއުފާދެއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ގެންގުޅުއްވާތީ، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތައް ދެއްވުމުގެ ގޮތުންނެވެ. އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ގަޕޯ އިންތިހާބުކޮށްފައިވަނީ މިރޭ ބޭއްވި […]

ޚަބަރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ގަޕޯ އިންތިހާބުކޮށްފި

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އިންތިހާބުކޮށްފިއެވެ. އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާއީލް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ފައްޔާޒް އިސްތިއުފާދެއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ގެންގުޅުއްވާތީ، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތައް ދެއްވުމުގެ ގޮތުންނެވެ. އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ގަޕޯ އިންތިހާބުކޮށްފައިވަނީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެ މަގާމަށް މިރޭ ވާދަކުރައްވާފައިވަނީ ވެސް […]

ޚަބަރު

ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ

ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ ލިބޭ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ، އަންނަ އަހަރުގެ ބަޖެޓް ފާސްކުރި ދުވަސްކަމުގައިވާ ނޮވެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަންގެ ދަފުތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގައި ކަމަށެެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއެވެ. އަންނަ އަހަރުގެ […]

ޚަބަރު

ވަގުތީ ޗެއާޕާސަނަކަށް އިބޫގެ ފެކްޝަނުން ހުށަހެޅި ގަޕޯގެ ނަމަށް ފައްޔާޒްގެ ތާއީދު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުށަހަޅާފައިވާ ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ)ގެ ނަމަށް، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ތާއީދުކުރައްވައިފިއެވެ. އެމްޑީޕީގެ ތެރޭގައި މިހާރު އެންމެ ބޮޑު ހަމަނުޖެހުމެއް އުފެދިފައިވަނީ، ވަގުތީ ޗެއާޕާސަނަކު އިންތިހާބުކުރުމުގެ މައްސަލައިގައެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވި ގައުމީ މަޖިލީސް ބައްދަލުވުން ހޫނުވީ ވެސް އެ ވޯޓުގެ ތެރެއިންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފައްޔާޒް […]