ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ ލިބޭ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ، އަންނަ އަހަރުގެ ބަޖެޓް ފާސްކުރި ދުވަސްކަމުގައިވާ ނޮވެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަންގެ ދަފުތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގައި ކަމަށެެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއެވެ.
އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭ ހަތަރު ސިޔާސީ ޕާޓީގައި 30 ޖޫން 2025ގެ ނިޔަލަށް ތިބި މެންބަރުންގެ އަދަދު:
- ޕީއެންސީ: 68،665 މެންބަރުން
- އެމްޑީޕީ: 43،765 މެންބަރުން
- ޖުމްހޫރީ ޕާޓީ: 13،456 މެންބަރުން
- އެމްޑީއޭ: 9،011 މެންބަރުން
ބަޖެޓުން ފައިސާ ލިބ ސިޔާސީ ޕާޓީތަކުގެ ލިސްޓުން އުނިވި، އަދާލަތު ޕާޓީގައި 30 ޖޫން 2025ގެ ނިޔަލަށް ތިބި ކަމަށް އީސީގެ ވެބްސައިޓުން ދައްކަނީ 8،844 މެންބަރުންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. އެ ފައިސާ ބަހާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ މެދުގައި، އެ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލައިގެން ކަމަށް ގާނޫނުގައިވެ އެވެ.

0 Comments
Abdul Azeez Ahmed
ديسمبر 6, 2025E party uvaalan vee. A ee mi gaumu ge zuvaanun halaaku kuraa party