الوسم: ޕީއެންސީ

ޚަބަރު

ޕީއެންސީގެ ޕްރައިމަރީގައި 290 އަށްވުރެ ގިނަ ކެންޑިޑޭޓުން

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށްފިއެވެ. ޕީއެންސީން އިއުލާންކޮށްފައިވާ ލިސްޓުގައިވާ ގޮތުން، މިމަހުގެ 27 ގައި ބާއްވާ ޕްރައިމަރީގައި 298 ކެންޑިޑޭޓަކު ވާދަކުރާނެއެވެ. އެއީ ކައުންސިލުތަކުގެ ޕްރައިމަރީގައި 180 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި 118 ކެންޑިޑޭޓުންނެވެ. ޕީއެންސީން މިރޭ ނެރުނު […]

ޚަބަރު

ކައުންސިލު އިންތިހާބަށް ބާއްވާ ޕީއެންސީގެ ޕްރައިމަރީ މިމަހުގެ 27 ގައި 

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ވެރިކަން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މިމަހުގެ 27 ގައި ބޭއްވުމަށް ނިންމައިފިއެވެ. ޕީއެންސީގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ. އަންނަ އަހަރުގެ […]

ޚަބަރު

ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރިމަތިލައްވަނީ މޫސާ އަލީ ޖަލީލު!

އަންނަ އަހަރު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޗީފް އޮފް ޑިފެންސް ފޯސްކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލް ކުރިމަތިލައްވަން ނިންމަވާފައިވާކަން އެނގިއްޖެ އެވެ. ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވީ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް ކުރިމަތި […]

ޚަބަރު

ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ

ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ ލިބޭ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ، އަންނަ އަހަރުގެ ބަޖެޓް ފާސްކުރި ދުވަސްކަމުގައިވާ ނޮވެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަންގެ ދަފުތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގައި ކަމަށެެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއެވެ. އަންނަ އަހަރުގެ […]