“ސިލޯނާއެކު ދިވެހީން” ޓެލެތޯނަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޕީއެސްއެމް އިން ބުނެފި އެވެ.
ލަންކާއަށް އެރި ތޫފާންގެ ސަބަބުން ކުރިމަތިވި ކާރިސާއާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ފެށި “ސިލޯނާއެކު ދިވެހީން” ޓެލެތޯނަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ދިވެހި މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނެކެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 9 އިން ހޯމަ ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށް، 29 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޓެލެތޯންއަށް އެކު ޖުމުލަ 12،341،466.62 ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ 800،352 އެމެރިކާ ޑޮލަރެވެ
ޓެލެތޯނަށް ލިބުނު ފައިސާގެ ތަފުސީލު:
- 11،553،291.10 ދިވެހި ރުފިޔާ
- 51،088.31 ޑޮލަރު
- 20 ޔޫރޯ
މި ޓެލެޓޯންގެ އޮފިޝިއަލް އޮޑިޓް ޕާޓްނަރު ކްރޯ މޯލްޑިވްސް’ އިން ބުނީ، ގުނި ހުރިހާ ފައިސާއެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޖަމާކުރުމަށް ފޮނުވާފައިވާ ކަމަށެވެ.
