• Home  
  • ވީދާލީ އޮޅުވާލައިގެން ބިން ހަވާލުކުރި ލިޔުމެއް، އެއީ އާޒިމްއާ ބެހޭ ކަމެއް ނޫން: ނަހުލާ 
- ޚަބަރު

ވީދާލީ އޮޅުވާލައިގެން ބިން ހަވާލުކުރި ލިޔުމެއް، އެއީ އާޒިމްއާ ބެހޭ ކަމެއް ނޫން: ނަހުލާ 

ވީދާލާފައިވަނީ އޮޅުވާލައިގެން ބިން ހަވާލުކުރި ލިޔުމެއް ކަމަށް ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ. މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނަހުލާ ވިދާޅުވެފައިވަނީ ވިލިމާލޭގައި އައުޓްޑޯ ޖިމެއް ތަރައްގީކުރުމަށްޓަކައި އެ މަސައްކަތް ހަވާލުކޮށްފައިވާ މެރީ ޖޫގޯއާ ބިން ހަވާލުކުރުމަށް ފިންގާޕްރިންޓް ޖަހާފައިވަނީ ލިޔުމުގައި ހަ މަސް ކުރީގެ ތާރީހެއް ޖަހައިގެން ކަމަށެވެ. ރަސްމީ ދެ ލިޔުމެއް ނަހުލާ ވީދާލި ކަމަށް ވިދާޅުވެ، މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވީ އިރާލާފައިވާނީ މެރީ ޖޫގޯގެ […]

ވީދާލާފައިވަނީ އޮޅުވާލައިގެން ބިން ހަވާލުކުރި ލިޔުމެއް ކަމަށް ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނަހުލާ ވިދާޅުވެފައިވަނީ ވިލިމާލޭގައި އައުޓްޑޯ ޖިމެއް ތަރައްގީކުރުމަށްޓަކައި އެ މަސައްކަތް ހަވާލުކޮށްފައިވާ މެރީ ޖޫގޯއާ ބިން ހަވާލުކުރުމަށް ފިންގާޕްރިންޓް ޖަހާފައިވަނީ ލިޔުމުގައި ހަ މަސް ކުރީގެ ތާރީހެއް ޖަހައިގެން ކަމަށެވެ.

ރަސްމީ ދެ ލިޔުމެއް ނަހުލާ ވީދާލި ކަމަށް ވިދާޅުވެ، މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވީ އިރާލާފައިވާނީ މެރީ ޖޫގޯގެ ވެރިފަރާތް ލައްވައި މަކަރާއި ހީލަތުން އެގްރިމަންޓް ބާތިލުވާ ގޮތަށް ބެކްޑޭޓްކޮށް ހަ މަސް ކުރީގެ ތާރީހު ޖަހާފައި އޮތް މެރީ ޖޫގޯގެ ފިންގާޕްރިންޓް ޖަހުވައި ސޮއިކުރުވި ބިން ހަވާލުކުރާ ލިޔުމުގެ ދެ ކޮޕީ ކަމަށެވެ.

“ސޮއިކޮށް ފިންގާޕްރިންޓް ޖެހި ދެ ލިޔުމަކީ މެރީ ޖޫގޯއާ ހަވާލުކުރުމަށްފަހު އެ ފަރާތުގެ ލިޔުމެއް. އެ ލިޔުން އިރާލާފައި ވާނީ. އެކަން ކޮށްފައިވާނީ މެރީ ޖޫގޯގެ ހައްގުގައި އެ ލިޔުން ކައުންސިލު އިދާރާއަށް ދޫކޮށްލާފައި އަތުވެޖެއްޔާ އެގްރިމަންޓު ބާތިލުވާނެތީ،” އޭނާ ވިދާޅުވިއެވެ.

ނަހުލާ އިތުރަށް ވިދާޅުވީ އެކަމުގައި ފުލުހަށް ހުށަހަޅަންޖެހޭނީ މަކަރާއި ހީލަތުން ލިޔުމެއް ހަދައި މަކަރާއި ހީލަތުން މެރީ ޖޫގޯ ލައްވައި ސޮއިކޮށް ފިންގާޕްރިންޓް ޖެހުވި ފަރާތް ކަމަށެވެ. އަދި އެ ލިޔުން ވީދާލިޔަސް، އެ ލިޔުމުން ރޮކެޓު ހެދިޔަސް އެއީ މޭޔަރު އާޒިމްއާ ބެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *