ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމަށް އެޗްޑީސީން ވެސް އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އެއް ލޯންޗުކޮށްފި އެވެ.
އެ ހިދުމަތް ލޯންޗުކުރުމަށް “ސޭފާ ހުޅުމާލެ”ގެ ނަމުގައި ރޭ ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔަތުގައި އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ޔުނިފޯމާއި ލޯގާ ވަނީ ތައާރަފުކޮށްފަ އެވެ.
އެޗްޑީސީން ބުނީ، މި ޕްރޮގްރާމްގެ ދަށުން ސެކިއުރިޓީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށެވެ. އަދި މި ހިދުމަތް ތައާރަފުކުރުމުގެ ސަބަބުން ސެކިއުރިޓީ ހިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނީޓާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ
އެޗްޑީސީން އިތުރަށް ބުނީ، މި ޕްރޮގްރާމްގެ ސަބަބުން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
އަދި އެސްޓޭޓް ސެކިއުރިޓީގެ ސާވިސަސްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވާނެ ކަމަށްވެސް ބުންޏެވެ.
ފުލުހުންގެ ހިދުމަތް އޮއްވައި، އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް ތައާރަފު ކުރި އިރު، އެމްއޭސީއެލް އިންވެސް ވަނީ އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ހިދުމަތެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލޯންޗުކޮށްފަ އެވެ.

0 Comments
Kaito Kenji
ديسمبر 15, 2025mndf retired meehun thann thannah leema vaanne goi thee
Mau Mittey
ديسمبر 15, 2025Rah rashuga police station thah alhaane kameh neiy…Rashu council thakun ves dhen security ashey kiyaafa vazeefaa thakeh hadhaabala…
Aflaan Afu
ديسمبر 15, 2025Kanthaka jehuny.. ekamves kameh dhimavaa iruga thi in meehaku nufeney..