• Home  
  • ހުޅުމާލޭ ރައްޔިތުންގެ ރައްކާތެރިކަމަށް އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް
- ޚަބަރު

ހުޅުމާލޭ ރައްޔިތުންގެ ރައްކާތެރިކަމަށް އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް

ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމަށް އެޗްޑީސީން ވެސް އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އެއް ލޯންޗުކޮށްފި އެވެ. އެ ހިދުމަތް ލޯންޗުކުރުމަށް “ސޭފާ ހުޅުމާލެ”ގެ ނަމުގައި ރޭ ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔަތުގައި އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ޔުނިފޯމާއި ލޯގާ ވަނީ ތައާރަފުކޮށްފަ އެވެ. އެޗްޑީސީން ބުނީ، މި […]

ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމަށް އެޗްޑީސީން ވެސް އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އެއް ލޯންޗުކޮށްފި އެވެ.

އެ ހިދުމަތް ލޯންޗުކުރުމަށް “ސޭފާ ހުޅުމާލެ”ގެ ނަމުގައި ރޭ ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔަތުގައި އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ޔުނިފޯމާއި ލޯގާ ވަނީ ތައާރަފުކޮށްފަ އެވެ.

އެޗްޑީސީން ބުނީ، މި ޕްރޮގްރާމްގެ ދަށުން ސެކިއުރިޓީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށެވެ. އަދި މި ހިދުމަތް ތައާރަފުކުރުމުގެ ސަބަބުން ސެކިއުރިޓީ ހިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނީޓާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ

އެޗްޑީސީން އިތުރަށް ބުނީ، މި ޕްރޮގްރާމްގެ ސަބަބުން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

އަދި އެސްޓޭޓް ސެކިއުރިޓީގެ ސާވިސަސްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވާނެ ކަމަށްވެސް ބުންޏެވެ.

ފުލުހުންގެ ހިދުމަތް އޮއްވައި، އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް ތައާރަފު ކުރި އިރު، އެމްއޭސީއެލް އިންވެސް ވަނީ އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ހިދުމަތެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލޯންޗުކޮށްފަ އެވެ.

0 Comments

  1. Kaito Kenji

    ديسمبر 15, 2025

    mndf retired meehun thann thannah leema vaanne goi thee

  2. Mau Mittey

    ديسمبر 15, 2025

    Rah rashuga police station thah alhaane kameh neiy…Rashu council thakun ves dhen security ashey kiyaafa vazeefaa thakeh hadhaabala…

  3. Aflaan Afu

    ديسمبر 15, 2025

    Kanthaka jehuny.. ekamves kameh dhimavaa iruga thi in meehaku nufeney..

اترك رداً على Mau Mittey إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *