ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް, އުފެއްދުންތައް އިތުރުކޮށް މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ, މަސްވެރިކަމާއި ދިވެހިންނާ ލާމެހިފައިވާ ކަމަށާއި އެ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށެވެ.
އަދި ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަހުރުވެރި, ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށްވެސް ވިދާޅުވި އެވެ.
“ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން. ގައުމުގެ އިގުތިސާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން. މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުން,” ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އެ މަނިކުފާނުގެ ޕޯސްޓުގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށާއި އާއިލާތަކަށް މާތް الله ގެ ތަނަވަސް ރަހުމަތާޢި މަދަދާއި ބަރަކާތް އަބަދުމެ މިންވަރު ކޮށްދެއްވުމަށް އެދި ދުއާކުރައްވާފައިވެ އެވެ.

0 Comments
Ristha Moosa
ديسمبر 10, 2025ހޮޅި ވާހަކަ😡
މަސްވެރި ޢާއިލާތައް ބޮލަށް ޗިޕެއް ނުޖެހޭނެ!
މަސްވެރިން ،އެމީހުންގެ ޢާއިލާތައް މިތިބީ ގަދަކޮށް 😍
Fazy Mohamed
ديسمبر 10, 2025huvey tha??
Mau Mittey
ديسمبر 10, 2025laari libey…ekamu 2/3 dhanee kuyyah. balance 1 in 1/3 dhanee karantah… dhen oiy ethikolhun kaigen boegen miulheny…
Dhon Kamana Zazo
ديسمبر 10, 2025Kahzaab nuhadaane thedeh
Ibrahim Solihu
ديسمبر 10, 2025Kanzaabu ge naagaabilu meehen thee nulafaa jqnbaaru bodu vagen
Adam Imran
ديسمبر 10, 20257 dhuvas Q ga ovefaa 15/- RF ah kanneli kireema aamdhanee ithureh nuvaane.
#kazzaabuout
Munyx De Mario
ديسمبر 10, 2025Dr Mohamed Muizzu mulhi ves angain thi hifahattanee, 2 aharu vee iru veee kammeh haraaan
Isthiufaa Dheeba
Hasey Fahuu
ديسمبر 10, 2025Haadhahaa yahoodhy vaahaka dhahkaa kzb eh
Ahmed Mahz
ديسمبر 10, 2025Bodu thaa jehunee