• Home  
  • ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން: ރައީސް
- ޚަބަރު

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން: ރައީސް

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް, އުފެއްދުންތައް އިތުރުކޮށް މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ, މަސްވެރިކަމާއި ދިވެހިންނާ ލާމެހިފައިވާ ކަމަށާއި އެ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށެވެ. އަދި ދިވެހީންގެ މުރާލިކަމާއި […]

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް, އުފެއްދުންތައް އިތުރުކޮށް މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ, މަސްވެރިކަމާއި ދިވެހިންނާ ލާމެހިފައިވާ ކަމަށާއި އެ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށެވެ.

އަދި ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަހުރުވެރި, ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށްވެސް ވިދާޅުވި އެވެ.

“ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން. ގައުމުގެ އިގުތިސާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން. މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުން,” ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނުގެ ޕޯސްޓުގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށާއި އާއިލާތަކަށް މާތް الله ގެ ތަނަވަސް ރަހުމަތާޢި މަދަދާއި ބަރަކާތް އަބަދުމެ މިންވަރު ކޮށްދެއްވުމަށް އެދި ދުއާކުރައްވާފައިވެ އެވެ.

0 Comments

  1. Ristha Moosa

    ديسمبر 10, 2025

    ހޮޅި ވާހަކަ😡
    މަސްވެރި ޢާއިލާތައް ބޮލަށް ޗިޕެއް ނުޖެހޭނެ!
    މަސްވެރިން ،އެމީހުންގެ ޢާއިލާތައް މިތިބީ ގަދަކޮށް 😍

  2. Fazy Mohamed

    ديسمبر 10, 2025

    huvey tha??

  3. Mau Mittey

    ديسمبر 10, 2025

    laari libey…ekamu 2/3 dhanee kuyyah. balance 1 in 1/3 dhanee karantah… dhen oiy ethikolhun kaigen boegen miulheny…

  4. Dhon Kamana Zazo

    ديسمبر 10, 2025

    Kahzaab nuhadaane thedeh

  5. Ibrahim Solihu

    ديسمبر 10, 2025

    Kanzaabu ge naagaabilu meehen thee nulafaa jqnbaaru bodu vagen

  6. Adam Imran

    ديسمبر 10, 2025

    7 dhuvas Q ga ovefaa 15/- RF ah kanneli kireema aamdhanee ithureh nuvaane.
    #kazzaabuout

  7. Munyx De Mario

    ديسمبر 10, 2025

    Dr Mohamed Muizzu mulhi ves angain thi hifahattanee, 2 aharu vee iru veee kammeh haraaan
    Isthiufaa Dheeba

  8. Hasey Fahuu

    ديسمبر 10, 2025

    Haadhahaa yahoodhy vaahaka dhahkaa kzb eh

  9. Ahmed Mahz

    ديسمبر 10, 2025

    Bodu thaa jehunee

اترك رداً على Dhon Kamana Zazo إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *