• Home  
  • މީހެއްގެ “މަހާއި ކައްޓާ” ކައިގެން އިންތިހާބު ކާމިޔާބުކުރާކަށް ބޭނުމެއް ނޫން: މޭޔަރު އާޒިމް 
- ޚަބަރު

މީހެއްގެ “މަހާއި ކައްޓާ” ކައިގެން އިންތިހާބު ކާމިޔާބުކުރާކަށް ބޭނުމެއް ނޫން: މޭޔަރު އާޒިމް 

އެއްވެސް މީހެއްގެ “މަހާއި ކައްޓާ” ކައިގެން އިންތިހާބު ކާމިޔާބުކުރަން ބޭނުންނުވާ ކަމަށް މާލޭގެ މޭޔަރު އަދި އިތުރު ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މިރޭ ބޭއްވި އާދަމް އާޒިމްގެ އެމްޑީޕީ ޕްރައިމަރީ ކެމްޕޭންގައި ވާހަކަދައްކަވަމުން ވިދާޅުވީ މި ސަރުކާރުގެ ކުރިމަތީގައި އެމްޑީޕީގެ މެންބަރެއް އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނެ ކަމަށާއި އެމްޑީޕީއަށް ބިރެއް ނުވެސް ދެއްކޭނެ ކަމަށެވެ. އަދި ޖައްސާ ވައްތަރަކަށް އެމްޑީޕީން ބިރެއް ވެސް ނުގަންނާނެ ކަމަށް ވިދާޅުވިއެވެ. […]

އެއްވެސް މީހެއްގެ “މަހާއި ކައްޓާ” ކައިގެން އިންތިހާބު ކާމިޔާބުކުރަން ބޭނުންނުވާ ކަމަށް މާލޭގެ މޭޔަރު އަދި އިތުރު ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އާދަމް އާޒިމްގެ އެމްޑީޕީ ޕްރައިމަރީ ކެމްޕޭންގައި ވާހަކަދައްކަވަމުން ވިދާޅުވީ މި ސަރުކާރުގެ ކުރިމަތީގައި އެމްޑީޕީގެ މެންބަރެއް އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނެ ކަމަށާއި އެމްޑީޕީއަށް ބިރެއް ނުވެސް ދެއްކޭނެ ކަމަށެވެ. އަދި ޖައްސާ ވައްތަރަކަށް އެމްޑީޕީން ބިރެއް ވެސް ނުގަންނާނެ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު ބުނެލަން އޮތް ވާހަކައަކީ، އަޅުގަނޑެއް އެއްވެސް މީހެއްގެ މަހާއި ކައްޓާ ކައިގެން މި އިންތިހާބު ކާމިޔާބުކުރާކަށް ބޭނުމެއް ނެތޭ. އިހުތިރާމާއި ލޯތްބާއެކު އަޅުގަނޑުމެން މި އިންތިހާބު އިރާދަކުރެއްވިއްޔާ ސަޅިކޮށް ކާމިޔާބުކުރާނީ، ތިޔަބޭފުޅުންގެ ވޯޓުތަކުން. އަޅުގަނޑަކަށް، އަޅުގަނޑަށް ތާއީދުކުރާ މީހުންނަކަށް އިންސާނުންގެ މަހާއި ކައްޓާ ކައިގެން އިންތިހާބުތައް ކާމިޔާބުކުރުމަކީ ދަންނަ ކަމެއް ނޫން،” ވާދަވެރިންނަށް ނުސީދާގޮތެއްގައި ރައްދުދެއްވަމުން އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ދަންނަ ކަމަކީ ހުރި މައްސަލަތަކާ ވާދަކޮށްގެން، އެ މައްސަލަތައް ހައްލުކޮށްދީގެން، ހައްލުކުރާނެ ގޮތްތައް ކިޔައިދީގެން އިންތިހާބު ކާމިޔާބުކޮށް އެ މައްސަލަތަކުގައި އަލީގައި އެ ރައްޔިތުންނަށް ފަސޭހަތައް ހޯދައިދިނުން ކަމަށެވެ. އަދި ކޮމިޓްމަންޓާއެކު އެމްޑީޕީ މިއޮއްވައި، މި ސަރުކާރަށް އެމްޑީޕީ ބައްޔެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ﷲ ގެ ރަހުމަތްފުޅާއި ތިޔަބޭފުޅުންގެ ތާއީދާއެކީ އެމްޑީޕީން މި އިންތިހާބު ކާމިޔާބުކުރާނީ އިރާދަކުރެއްވިއްޔާ މަސައްކަތްކޮށްގެން، މަސައްކަތްކޮށްގެން، މަސައްކަތްކޮށްގެން ހިތްވަރާއެކު. އެންމެ އިންޗިއެއް ވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ. އަޅުގަނޑުމެން ދުވަހަކަށްވުރެ ދުވަހެއް އިންޗިއެއް ކުރިއަށްދަމުންދާނީ،” އޭނާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މި މާލެ ސިޓީއަށް އަދި މި މުޅި ރާއްޖެއަށް ވެސް ފަހި ދުވަހެއް، ރަނގަޅު ދުވަހެއް ފެންނާނީ އެމްޑީޕީއަށް ރައްޔިތުން ވޯޓު އަޅައި ފުރާލި ދުވަހަކުން ކަމަށާއި 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މިއީ މި ސަރުކާރަށް ނޫނެކޭ ބުނަން ފަށަން ޖެހޭ ވަގުތު ކަމަށެވެ.

0 Comments

  1. Ahmed Fazeel Hassan

    ديسمبر 12, 2025

    އަސްލުވެސް،
    މުޑުދާރު އެއްޗެއް މި ޑިމޮކްރަސީއަކީ، ލިބުނީމަ އެހެންމީހުންވީ ސަނާކިޔަން… އަގައިގަ ތަޅުލެވިގެން ތިބެން… ހޯދަންވީމަ، ހޯދުނުގޮތަކަށް ކިޔުނުއެއްޗެއް ކިޔާގެން ހޯދަން…

اترك رداً على Ahmed Fazeel Hassan إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *