الوسم: ރައީސް ޑރ. މުހައްމަދު މުއިއްޒު

ޚަބަރު

ރިސޯޓު މުވައްޒަފުންނަށް ރިސޯޓާ ކައިރިން ބޯހިޔާވަހިކަން ހަމަޖައްސާނަން: ރައީސް 

ރިސޯޓު މުވައްޒަފުންނަށް މަސައްކަތްކުރާ ރިސޯޓަކާ ކައިރިން ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް”ގެ ނަމުގައި ޒުވާނުންނާއެކު ޒުވާނުންގެ އެތެރެވެހީގައި މިރޭ ބޭއްވި އިވެންޓުގައި ވާހަކަފަޅުދައްކަވަމުން ރައީސް ވިދާޅުވީ އާއިލާއާ ދުރަށް ގޮސް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރުމަށް އުނދަގޫތަކެއް ހުންނަ ކަމަށެވެ. އެގޮތުން ދަތިވާ އެއް ކަމަކީ ގެދޮރުވެރިކަން ކަމަށާއި އެހެންކަމުން  ޓޫރިޒަމް ދާއިރާއާ ގުޅޭ ޒުވާނުންނަށް ހައުސިންގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމަށާއި އެ […]

ޚަބަރު

މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަނީ 

މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް”ގެ ނަމުގައި ޒުވާނުންނާއެކު ޒުވާނުންގެ އެތެރެވެހީގައި މިރޭ ބޭއްވި އިވެންޓުގައި ވާހަކަފަޅުދައްކަވަމުން ރައީސް ވިދާޅުވީ ދެ ރޭސިން ޓްރެކެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ މާލެ އާއި އައްޑޫ ސިޓީގައި އަޅާ ރޭސިން ޓްރެކެއް ކަމަށެވެ. މާލެ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން އެންމެ ފީސިބަލް ތަނަކީ މާލެއިން ހުޅުމާލެއަށް ދާން އޮންނަ ހައިވޭގެ […]

ޚަބަރު

މާލީ ދާއިރާ ތަރައްގީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި

މާލީ ދާއިރާ ތަރައްގީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފިއެވެ. އެކަމަށްޓަކައި މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ނޭޝަނަލް ފައިނޭންޝިއަލް އިންކްލޫސިވް ސްޓްރެޓެޖީ (އެންއެފްއައިއެސް) އަދި ނޭޝަނަލް ސަސްޓޭނަބަލް ފައިނޭންސް ރޯޑްމެޕް (އެންއެސްއެފްއާރު) އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް އޮފީހުން ބުނީ މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ހިދުމަތްތައް ފުޅާކޮށް ހިދުމަތް ލިބޭނެ މަގުފަހިކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި މާލީ ދާއިރާގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި ތައާރަފުކުރި އެ […]

ޚަބަރު

ދިގު މުއްދަތަކަށް “ވާނުވާ”ގައި ތިބި މީހުންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް ނިންމަނީ 

އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް “ވާނުވާ” ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާ އަންނަ މާޗް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ރެހެންދި ސްކޫލުގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި ހުރިހާ އެންމެންގެ މައްސަލަތައް ބަލައި ނިންމާނެ ކަމަށާއި އެއަށްފަހު ވާނުވާ ބަންދުގައި ތިބި އެހެން އެންމެންގެ މައްސަލަތައް ވެސް ކުރިއަށްދާނެ ކަމަށް އެޓާނީ […]

ޚަބަރު

ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމަށް ޕާކިން ހިމެނޭގޮތަށް ޝަރުތުތަކެއް ހިމަނަނީ 

ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމުގެ ހުއްދަދިނުމުގައި ޕާކިން ހިމެނޭގޮތަށް ޝަރުތުތަކެއް ހިމެނޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ރެހެންދި ސްކޫލުގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވައުދުވެވަޑައިގެންފައިވާ ގޮތަށް ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގެ ގޯތިތައް އިމާރާތްކުރެވޭ އުސްމިން ދިހަ ބުރިއަށް ބަދަލުކޮށްދެއްވާނެ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމުގެ ހުއްދަދިނުމުގައި ހިމެނޭ ޝަރުތުތަކުގެ ތެރޭގައި […]

ޚަބަރު

ހުޅުމާލޭ ފޭސް އެކެއްގެ ގޯތިތަކުގެ އަގުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް 

ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ހުޅުމާލޭ ފޭސް އެކަކުން ގޯތި ލިބުނު ފަރާތްތަކުން ދައްކަންޖެހޭ އަގުގެ ދިހަ ޕަސަންޓު ޑިސްކައުންޓެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ރެހެންދި ސްކޫލުގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސްކީމުތަކުން ހުޅުމާލޭ ފޭސް އެކެއްގެ ބިންތައް ދޫކޮށްފައިވަނީ ފައިސާ ދައްކައިގެން ބިންތައް މިލްކުވާގޮތަށް ކަމަށާއި ނަމަވެސް އެ ފަރާތްތަކަށް އެއްވެސް ލުޔެއް ލިބިފައިނުވާ ކަމަށެވެ. ގުރުއަތުލައިގެން ނުވަތަ ޕޮއިންޓް ސްކީމުން […]

ޚަބަރު

ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުން މަނާ، ގްރޭޑު 11 އަދި 12ގެ ކުދިންގެ ފޯނު ލޮކަރަށް 

އަންނަ ދިރާސީ އަހަރު ފެށޭއިރު، ގްރޭޑު 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ވެއްދުން މަނާވާނެ ކަމަށާއި ގްރޭޑު 11 އަދި 12ގެ ކުދިންގެ ފޯނުތައް ބާއްވަން ޖެހޭނީ ލޮކަރުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ރެހެންދި ސްކޫލުގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ދިރާސީ […]

ޚަބަރު

ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދީފި 

ގަވާއިދުން ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. އެނގިފައިވާ ގޮތުގައި ހިޔާގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްފިންކަން އެންގުމަށް އެ ފުލެޓުތަކުގެ ވެރިންނަށް މިމަހުގެ 16 ވަނަ ދުވަހު ވަނީ ސިޓީ ފޮނުވައިފައެވެ. އެޗްޑީސީން މައާފުކޮށްދީފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތަކެވެ. އެޗްޑީސީއަށް އެ ޖޫރިމަނާތައް މައާފުކޮށްދެއްވުމަށް އަންގަވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަން އެނގިފައިވެއެވެ. މިދިޔަ ބުރާސްފަތި […]

ޚަބަރު

ދިވެހިބަހުގެ ފޮތްތައް ލިޔާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ހާއްސަ ގޮތްތަކެއް ހަމަޖައްސައިދެނީ

ދިވެހިބަހުގެ ފޮތްތައް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ކުރިއަށް އޮތް ތަނުގައި ހާއްސަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ގައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ, ދިވެހީން ދިވެހީންނަށް ވަނީ ދިވެހި ބަހުގެ ސަބަބުން ކަމަށާއި ދިވެހިބަސް އެއްޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާ ކަމަށެވެ. އެގޮތުން ދިވެހިބަހުގެ ފޮތްތައް […]

ޚަބަރު

އާޒިމް, ރައީސް މުއިއްޒަށް: އޮޅުވާލަން ނޫޅުއްވާ, ވައުދުވި ދެ ލައްކަ ކޭޝް ގޮތުގައި ދޭން ޖެހޭނެ!

ހިޔާ ފްލެޓުތައް ނިންމަން ހިނގި އެވްރެޖު ހަރަދަކީ 200,000 ރުފިޔާ ކަމަށް ބަލައި, ކޮންމެ ފްލެޓަކަށް އެ ފައިސާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ އެއްގޮތަށް ހިޔާ ފްލެޓް ލިބުނު މީހުންނަށް ނަގުދު ފައިސާގެ ގޮތުގައި އެ އަދަދު ދޭންޖެހޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ހިޔާ […]