ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ އެކެއްގެ ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވަައިފިއެވެ. ރައީސް، ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނާއެކު ސަލާހުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ އަންނަ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި ފޭސް އެކެއްގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެ ކަމަށާއި އެ […]


