الوسم: ރައީސް ޑރ. މުހައްމަދު މުއިއްޒު

ޚަބަރު

ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވަައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް، ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ އިމާދުއްދީން ސްކޫލުގައި އަންގާރަ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ. ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިމަހުގެ 17 ވަނަ ދުވަހުގެ […]

ޚަބަރު

ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމަށާއި ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިފްކޯއަށް މަސް ގަތުމަށް ގޮވާލައި ކަނޑުމަތީގައި ބޮޑުކަންނެލީގެ މަސްވެރިން ވަނީ ދާދި ފަހުން އިހުތިޖާޖެއް ކޮށްފައެވެ. އެ އިހުތިޖާޖާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށް، އިހުތިޖާޖުގައި ބައިވެރިވި ބައެއް ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ […]

ޚަބަރު ކުއްލި ޙަބަރު

މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ

މާދަމާއިން ފެށިގެން ގަންނާނެ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސް ގަންނަ އަގަކީ 16 ރުފިޔާ ކަމަށް ކަނޑައަޅައިގެން، މިހާރު މިފްކޯއިން މަސް ގަންނަނީ ދޮޅު ކިލޯއިން މަތީގެ މަސް ކަމަށެވެ. އެކަމަށް ގެންނަ މައިގަނޑު އެއް ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ […]

ޚަބަރު

މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ “ޑިއު ޕްރޮސެސް”އާ ހެދި: ރައީސް 

މަސްވެރިކަމުގެ ދާއިރާގައި ހުރި ބައެއް މަސައްކަތްތަކަށް ލަސްތަކެއް އަންނަނީ ބޭރުގެ “ޑިއު ޕްރޮސެސް”ގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މަސްވެރިންނާއެކު ރ. ދުވާފަރުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބައެއް މަސައްކަތްތައް ބޭރުގެ އެހީއާ ގުޅިފައި ހުރުމުން ލަސްތަކެއް ކުރިމަތިވާ ކަމަށާއި އެއީ ސަރުކާރުން އަދި ބޭރުގެ އެހީދޭ ގައުމުތަކުން ވެސް ކަމެއް ގޯސްކޮށްކޮށްގެން ހިނގާ ކަންކަމެއް ނޫން ކަމަށެވެ. އެއީ މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭތީ، އެ އޮންނަ “ޑިއު […]

ޚަބަރު ވިޔަފާރި

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި 

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ގާއިމުކުރި ފުރަތަމަ ފިއުލް ޝެޑް ހުޅުވައިފިއެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރ. ދުވާފަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މޮޑިއުލާ ސްޓޭޝަން ހުޅުވައިދެއްވީ ރައީސެވެ. އެ ފިއުލް ޝެޑަކީ، މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން އެކަންކަމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކިއެކި ހައްލުތައް ހޯއްދަވައިދެއްވުމުގެ ގޮތުން، ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި […]

ޚަބަރު

މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ރައީސް ދުވާފަރަށް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހެނދުނު ރ. ދުވާފަރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ދުވާފަރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކިއެކި ހަރަކާތްތަކުގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް […]

ޚަބަރު

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން: ރައީސް

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް, އުފެއްދުންތައް އިތުރުކޮށް މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ, މަސްވެރިކަމާއި ދިވެހިންނާ ލާމެހިފައިވާ ކަމަށާއި އެ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށެވެ. އަދި ދިވެހީންގެ މުރާލިކަމާއި […]

ޚަބަރު

ރާއްޖެ ސާބިތުވެ އޮތީ ނަޒާހާތްތެރިކަމަށް އަހަންމިއްޔަތުކަން ދޭ ގައުމެއްގެ ގޮތުގައި: ރައީސް

ގައުމުގެ މުސްތަގުބަލް ބިނާކުރުމުގައި ރާއްޖެ ސާބިތުވެ އޮތީ ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ގައުމެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވި މެސެޖުގައި، 2007 ވަނަ އަހަރު އދ.ގެ ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީއޭސީ) ގައި ރާއްޖެއިން ބައިވެރިވުމަކީ، މިކަމަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެ މުއާހަދާގެ އުސޫލުތައް […]

ޚަބަރު

ހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނު އިސްލާހުކުރަނީ

ހާއްސަ ހާލަތްތަކުގައި ޕެންޝަން  ފައިސާ ބޭނުންކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ އިސްލާހުތައް ދެން ފެށޭ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ހުށަހަޅުއްވާނެ ކަމަށެވެ. ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ކަންކަން ކޮށްދިނުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން މިހާރު ފެށިފައިވާނެ ކަމަށް އެ މަނިކުފާނު […]

ޚަބަރު

ކުރީ ސަރުކާރުން ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދޭން ޝަރުތަކަށް ނުބަލާނަން: ރައީސް 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިޔާ ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދިނުމުގައި އެއްވެސް ޝަރުތަކަށް ނުބަލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހެންވޭރުގެ ރައްޔިތުންނާއެކު ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވައުދުވަޑައިގެންނެވި ގޮތަށް އެއްވެސް ފުލެޓެއް އަދި ގޯއްޗެއް ވެސް އަތުނުލައްވާނެ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހިޔާ ފުލެޓުގެ ފައިނަލް ލިސްޓަށް އެރުމަށްފަހު، މިދިޔަ ސަރުކާރުން އެ ފުލެޓުތައް އަތުލި މީހުންނަށް، […]