• Home  
  • ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ! 
- ޚަބަރު

ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ! 

ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު އޮބަހައްޓަން ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ، މިފްކޯއިން މަސް ގަތުމަށް ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖުން މިދިޔަ ބުރާސްފަތި ދުވަހު ބައެއް މަސްވެރިން ހައްޔަރުކުރުމާ ގުޅިގެންނެވެ. އެ އިހުތިޖާޖުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓަރީ ޖެނެރަލް މައުރޫފް ޒާކިރާއި ތިން މަސްވެރިއެކެވެ. ނަޝީދު ވިދާޅުވީ […]

ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު އޮބަހައްޓަން ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ، މިފްކޯއިން މަސް ގަތުމަށް ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖުން މިދިޔަ ބުރާސްފަތި ދުވަހު ބައެއް މަސްވެރިން ހައްޔަރުކުރުމާ ގުޅިގެންނެވެ.

އެ އިހުތިޖާޖުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓަރީ ޖެނެރަލް މައުރޫފް ޒާކިރާއި ތިން މަސްވެރިއެކެވެ.

ނަޝީދު ވިދާޅުވީ މަސްވެރިންގެ ދުވަހު މެންބަރު މައުރޫފާއެކު މަސްވެރިންގެ އަޑު އުފުލުމަށް ސުލްހަވެރިކަމާއެކު ތިއްބައި ހައްޔަކުރި މަސްވެރިން ކަމަށްވާ މުހައްމަދު ސޯދިގު، އަބްދުލް ލަތީފް އަހުމަދު އަދި މުހައްމަދު މުސްތަފާ ވަގުތުން ދޫކޮށްލަން ސަރުކާރަށް ގޮވާލާ ކަމަށެވެ.

“އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން މި ކުރާ މަސައްކަތްތައް ހުއްޓާލަން ޖެހޭ،” ނަޝީދު ވިދާޅުވިއެވެ.

މައުރޫފް ބަންދުގައި ހުއްޓައި، އިއްޔެ އައިޖީއެމްއެޗުގައި ވަނީ ކުއްލި ސާޖަރީއެއް ކޮށްފައެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ސާޖަރީ ކުރަން ޖެހުނީ ފުލުހުންގެ ބަންދުގައި ހުއްޓައި މެންބަރު މައުރޫފަށް އަނިޔާކުރުމުންނެވެ.

މައުރޫފް ހައްޔަރުކޮށް ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް، ފުލުހުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ނަމަވެސް އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުރޫފަށް އަނިޔާކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މައުރޫފް ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ، ޑޮކްޓަރަށް ދެއްކުމަށް އޭނާ އަމިއްލައަށް އެދިވަޑައިގަތުމުން، ކަސްޓޯޑިއަލްގައި އެ ވަގުތު އިންނެވި ޑޮކްޓަރު ބެއްލެވުމަށްފަހު ޑޮކްޓަރުގެ ލަފަޔާއެކު، ފުލުހުންގެ ކަސްޓޯޑިއަލް ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމުގައި އަމަލުކުރާ އުސޫލުގެ މަތިން ކަމަށެވެ.

ޑޮކްޓަރަށް ދައްކަން އޭނާ އެދިވަޑައިގެންފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ނުވަތަ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވި ކަމަކާ ގުޅިގެން ނޫން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކާ މެދު އަމަލުކުރުމުގަޔާއި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގައި، ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކާ އެއްގޮތަށް ހަރުދަނާ މިންގަނޑުތަކެއް ދިވެހި ފުލުހުންގެ ހިދުމަތުން ހިފަހައްޓަމުން އަންނަ ކަމަށެވެ. އެގޮތުން ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ފުލުހުންގެ ހިދުމަތުން ބޮޑު ސަމާލުކަމެއްދޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ޒާތީ ކަންކަމާ ގުޅޭގޮތުން މީޑިއާގެ ތަފާތު މަންސަތަކުގައި ސައްހަ ނޫން މައުލޫމާތު ޝާއިއުކުރުމަކީ އާންމުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދި، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އޮންނަ އިތުބާރު ހީނަރުވެގެންދާނެ ކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން ފުލުހުންނާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *