• Home  
  • ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން ނުކުމެއްޖެ
- ޚަބަރު

ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން ނުކުމެއްޖެ

ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ޓޯކުރަން ފަށައިފި އެވެ. ހުޅުމާލޭ އެކި ތަންތަނުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ ޑިސެމްބަރު 1 ވަނަ ދުވަހު އާންމުކޮށް އަންގާ އިއުލާންކޮށްފަ އެވެ. ފުލުހުން މިއަދު ބުނީ، ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމަށް މިއަދު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕަބްލިކް ވޯކްސް […]

ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ޓޯކުރަން ފަށައިފި އެވެ.

ހުޅުމާލޭ އެކި ތަންތަނުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ ޑިސެމްބަރު 1 ވަނަ ދުވަހު އާންމުކޮށް އަންގާ އިއުލާންކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ، ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމަށް މިއަދު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕަބްލިކް ވޯކްސް އަދި ސަރުކާރު ކުންފުނިތައް ގުޅިގެން މިއަދުން ފެށިގެން މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯކުރާނެ ކަމަށްވެސް ބުންޏެވެ

ފުލުހުން ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ޓޯކޮށްގެން ގެންދާނީ އެ ހިދުމަތުން ކަނޑައަޅާ ތަނަކަށް ކަމަށެވެ.

ފުލުހުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ އެ އުޅަނދުތައް ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މީގެއިތުރުން ޓޯކުރެވޭ އުޅަނދުތައް ޓޯކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިޔުމުގެ ޒިންމާ އުފުލަންޖެހޭނީ އުޅަނދުގެ ވެރި ފަރާތުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

0 Comments

  1. Moona Moony

    ديسمبر 6, 2025

    Dhuvasvee ehchehi ekanitha naganvee ethah baivaru ehchehi ehuree genes alhaafa hingaaleven noavey

اترك رداً على Moona Moony إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *