• Home  
  • އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު 
- ޚަބަރު

އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު 

އެމްޑީޕީއަށް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް އިންތިހާބުވި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ)އަށް މަރުހަބާ ދެންނެވުމަށް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ނަޝީދު ވިދާޅުވީ ޕާޓީގެ އެއްބައިވަންތަކަން ދަމަހައްޓަވައި، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބަށް ވާސިލުވާން ކުރަންޖެހޭ މަސައްކަތުގައި އެ މަނިކުފާނުގެ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. […]

އެމްޑީޕީއަށް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް އިންތިހާބުވި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ)އަށް މަރުހަބާ ދެންނެވުމަށް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ނަޝީދު ވިދާޅުވީ ޕާޓީގެ އެއްބައިވަންތަކަން ދަމަހައްޓަވައި، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބަށް ވާސިލުވާން ކުރަންޖެހޭ މަސައްކަތުގައި އެ މަނިކުފާނުގެ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވެފައިވާ އިރު، އެ މަނިކުފާނާއެކު ދަ ޑިމޮކްރެޓްސްގެ މެންބަރުން އެނބުރި އެމްޑީޕީއަށް ގުޅުމާއެކު އެ ޕާޓީގެ ތެރޭގައި ހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ތައްޔާރުވަމުންދާ މިހާރުގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމްއާ ދެމެދުގައެވެ. އާދަމް އާޒިމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވާދަކުރައްވާ ކެންޑިޑޭޓެވެ. އަދި އަލީ އާޒިމަކީ ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ކެންޑިޑޭޓެވެ.

އޭގެ އިތުރުން ނަޝީދާއި ސޯލިހުގެ ވާދަވެރިކަމެއް އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ ވޯޓުގައި ވެސް ފެނިގެންދިޔައެވެ. އެގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެ ވޯޓު ކުރިއަށްދަނިކޮށް ހޫނުވެގެން އެ ބައްދަލުވުން ނިންމާލަން ޖެހުނެވެ.

0 Comments

  1. Hassan Mohamed

    ديسمبر 9, 2025

    ރޫޅާ ލާ ނަން ރޫޅާ ލާ ނަން އެއްބާރުލާން ކީއްކުރާނީ

  2. Kaito Kenji

    ديسمبر 9, 2025

    Meena ulhegen mdp ah vote ghehleynee

اترك رداً على Hassan Mohamed إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *